ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޗައިނާގައި ކޮވިޑް އިތުރުވާން ފެށުމުން، ފަސް ދުވަހުން ހޮސްޕިޓަލެއް

ޗައިނާގައި ކޮވިޑް މަތަވެލާފައި އޮތުމަށް ފަހު، ކޭސްތައް މި މަހު އިތުރުވަމުން އަންނަ ކަމަށް އިދާރާ ތަކުން ބުނެފި އެވެ. އަނެއްކޮޅުން ވޯލްޑް ހެލްތު އޮގަނައިޒޭޝަންއިން ޗައިނާއަށް ފޮނުވި ސައެންސްވެރިން، ވުހާންއަށް ގޮސް ކޮވިޑް އުފެދުނު ގޮތް ހޯދައި ބެލުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނާ ގޮތުން ކޮވިޑް ބާނިތައް މިފަހަރު ނަގައިގަތުމުގެ ކުރިން ފަރުވާ ދިނުމަށްޓައި ވަސީލައްތައް ވެސް ހުރީ ގާއިމުކުރެވިފަ އެވެ. އެގޮތުން 1،500 ކޮޓަރީގެ ހޮސްޕިޓަލެއް ފަސް ދުވަހުގެ ތެރޭގައި ބިނާ ކޮށް ވަނީ ހިދުމަތް ދިނުމަށް ތައްޔާރު ކޮށްފަ އެވެ.

މި ހޮސްޕިޓަލަކީ ބިނާ ކުރަަން މަސައްކަތް ކުރަމުންދާ ހަ ހޮސްޕިޓަލެއްގެ ތެރެއިން ހޮސްޕިޓަލެކެވެ. ޝިންހުއާ ނިއުސް އޭޖެންސީން ބުނާ ގޮތުން މި ހޮސްޕިޓަލްތައް ފުރިހަމަ ވުމުން ކޮވިޑް ބަލި މީހުނަށް ހާއްސަ ކުރެވިފައި 6،500 ކޮޓަރި ހުންނާނެ އެވެ.

ޗައިނާގައި ކޮވިޑް އެންމެ ފުރަތަމަ ފެތުރިގަތް ދުވަސްވަރު ވެސް ވަނީ ބޮޑެތި ހޮސްޕިޓަލްތަކެއް ނުބައްދަލު އަވަހަށް ބިނާކޮށް ޚިދުމަތްދީފަ އެވެ. އައިސޮލޭޓް ކުރަން ޖެހޭ ބަލި މީހުންނާއި އަދި މިނޫން ހާލަތްތަކުގައި ފަރުވާ ފުރިހަމަ ކުރުމަށް ބޭނުންޖެހޭ ވަސީލަތްތައް ގާއިމު ކުރުމުގައި ޗައިނާއިން އަންނަނީ މޮޅަށް ޗަރުކޭސް ކުޅެމުންނެވެ.

ޗައިނާގެ ކޮވިޑް ހާލަތު މިވަގުތު އޮތީ އެހައި ކަންބޮޑުވާހާ ދަށަކު ނޫނެވެ. ނެޝަނަލް ހެލްތު ކަމިޝަނުން ބުނާ ގޮތުން މުޅިން އަލަށް ރެކޯޑް ކުރެވިފައި ވަނީ 130 ކޭހެވެ. މީގެ ތެރޭގައި ޗައިނާއަށް އެތެރެވި އިރު ވެސް ޕޮޒިޓިވްވެފައި ދެ މީހަކު ތިބި ކަމަށް ހެލްތު ކަމިޝަނުން ބުނެ އެވެ. ކޮވިޑްގެ ހާލަތު ހުރި ނެތް ގޮތް އަންދާޒާ ކުރުމަށް ޗައިނާގައި ޓެސްޓް ކުރުން ވަނީ ވަރަށް ބޮޑަށް އިތުރު ކޮށްފަ އެވެ.