ޗައިނާގައި ކޮވިޑް-19 ފެތުރޭތީ އަދަދުތައް މަދުކުރުމަށް ނޭވާލާ ނިޒާމަށް ދޭ ވެކްސިނެއް ދޭ އަދަދު އިތުރުކޮށްފި އެވެ.
ޗައިނާގައި ވައިރަސް ފެތުރުމުގެ ނުރައްކާ އެންމެ ބޮޑީ ވެކްސިން ޖެހުމަށް ޖެހިލުންވެފައި ތިބި އުމުރުން ދުވަސްވީ މީހުންގެ ބޮޑު އާބާދީގެ މެދުގަ އެވެ.
ދުވަސްވީ މީހުންގެ އާބާދީއަށް އަމާޒުކޮށްގެން ޗައިނާ ސަރުކާރުން ވަނީ ނޭވާލާ ނިޒާމަށް ދޭ ވެކްސިނެއް މިދިޔަ އޮކްޓޫބަރު މަހު ތައާރަފްކޮށްފަ އެވެ. ދުނިޔޭގައި އުފެއްދި މިފަދަ ފުރުސަތު ވެކްސިންގެ ދިރާސާތަކަށްފަހު މި ވެކްސިން އިންސާނުން ބޭނުންކުރުމަށް ޗައިނާގެ ކަމާ ގުޅޭ އިދާރާތަކުން ހުއްދަ ދިނީ މިދިޔަ ސެޕްޓެމްބަރުގަ އެވެ.
މި ވެކްސިން އުފެެއްދީ ޗައިނާގައި ބޭސް އުފެއްދުމަށް މަޝްހޫރު ކޭންސިނޯ ބަޔޯލޮޖިކްސް އިންނެވެ.
މި ވެކްސީން ތައްޔާރުކޮށްފައިވަނީ އަނގަ އަށް ވެކްސިން ޑޯޒް ދީގެން ނޭވާލާ ނިޒާމަށް ވެކްސިންގެ އަސަރު ކުރާ ގޮތަށެވެ.
ސިއްހީ ބައެއް މާހިރުން ގަބޫލުކުރައްވާ ގޮތުގައި ޗައިނާ އިން އުފެއްދި މިވެކްސިނަކީ ސިއްހީ މާބޮޑެތި ފައިދާތަކެއް އެކުލެވޭ ވެކްސިނެއް ކަމަކަށް ޓެސްޓްތަކުން ނުދައްކަ އެވެ.
ޗައިނާގެ އިސް އެޕިޑެމިއޯލޮޖިސްޓު ޒޮން ނޭންޝާން ވިދާޅުވި ގޮތުގައި އެ ގައުމުގެ ދޮށީ އުމުރުގެ މީހުން ކޮވިޑް ވެކްސިން ޖެހުމަށް ޖެހިލުންވާ ކަމަށެވެ. އެގޮތަށް ދިމާވީ ވެކްސިނާ ގުޅޭގޮތުން ބައެއް މީހުން ފެތުރި ދޮގު މައުލޫމާތުގެ ސަބަބުން ކަމަށްވެސް ޒޮން ވިދާޅުވި އެވެ.