ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޔުކްރޭނުން ޗައިނާ ސިނޯވެކްގެ 1.9 މިލިއަން ޑޯޒް ގަންނަނީ

ޔުކްރޭން އަންހެން ސިފައިންގެ މީހަކު ދޮށީ އުމުރުގެ އަންހެނެއްގެ ހަށިގަނޑުގެ ފިނިހޫނުމިން ޗެކް ކުރަނީ
0%
0%
0%

ޔުކްރޭނުން ޗައިނާގެ ސިނޯވެކްއާއެކު ކޮންޓްރެކްޓެއްގައި ސޮއި ކޮށްފި އެވެ. މި އެއްބަސްވުމުގެ ދަށުން ސިނޯވެކްއިން އުފައްދާ ކޮވިޑް ވެކްސިންގެ 1.9 މިލިއަން ޑޯޒް ޔުކްރޭނުން ގަންނާނެ އެވެ.

އެ ގައުމުގެ ރައީސް އޮފީނުން ނެރުނު ބަޔާނެއް ބުނާ ގޮތުގައި ޔުކްރޭނުން އަންނަނީ ސިނޯވެކްއާ އެކު ސެޕްޓެމްބަރުން ފެށިގެން މަޝްވަރާ ކުރަމުންނެވެ. އަދި އިންޓަނޭޝަން ކޮވެކްސް ޕްރޮގްރާމްގެ ދަށުން ވެސް ޔުކްރޭނަށް އަށް މިލިއަން ޑޯޒް ލިބޭނެ އެވެ.

"އަހަރެމެން ސޮއި ކުރީ ކޮންޓްރެކްޓެއްގަ،" ޔުކްރޭންގެ ރައީސް، ވޮލޮޑީމިއާ ޒެލެންސްކީއާ ހަވާލާ ދެއްވައި ބަޔާނުގައި ވެއެވެ. "ހަނދާނީ ލިޔުމެއްގައެއް ނޫން"

ޒެލެންސްކީ ވިދާޅުވި ގޮތުގައި ޔުކްރޭނުން ގަންނަނީ ޗައިނާ ވެކްސިނެކެވެ. އިންޑޮނޭޝިއާ، ތުރުކީ އަދި ބްރެޒިލްގައި ޓެކްސްޓްކޮށް އަޖުމަބަލާފައިވާ ވެކްސިނެކެވެ. މި ބަޔާނުގައި ވެކްސިން ލިބޭނެ ވަކި ތާރީހެއް ކަނޑައަޅާފައެއް ނުވެ އެވެ.

އިންޓަނޭޝަނަލް ކޮވެކްސް ޕްރޮގްރާމުން ވެސް ޔުކްރޭނަށް ވެކްސިން ލިބޭނެ ކަމަށް ވިދާޅުވަމުން ޒެލެންސްކީ ވިދާޅުވީ ސަރުކާރުން ކުރަންހުރި ގިނަ މަސައްކަތް ވަނީ ނިމިފައި ކަމަށެވެ. އެހެން ނަމަވެސް، ޑޯޒް އަދި ވެސް އިތުރު ކުރެވޭތޯ އިދާރާތަކުން ބަލަމުން އަންނަ ކަމަށެވެ.

ޔުކްރޭންގައި މިދިއަ ބުދަދުވަހު އެކަނި ވެސް 9،699 މީހުންނަށް މުޅިން އަލަށް ކޮވިޑް ޖެހުނެވެ. ރެކޯޑްތަކުން ފެންނަ ގޮތުގައި ކޮވިޑް ޖެހުނު ޖުމުލަ އަދަދު ވަނީ މިލިއަން ފަހަނައަޅާފަ އެވެ. މަރުވި މީހުންގެ އަދަދު 18،533 އަށް ވަނީ އަރާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910