ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މުޅި ދުނިޔޭގައި 1.4 ބިލިއަން ކޮވިޑް ވެކްސިންޖަހައިފި

މުޅި ދުނިޔޭގައި ކޮވިޑް ވެކްސިން އެންމެ ގިނަ އަދަދަކަށް އާންމުންނަށް މިހާތަނަށް ދީފައި ވަނީ ޗައިނާގަ އެވެ. އެއީ 366.91 މިލިއަން ޑޯޒެވެ. ދެވަނާގައި އޮތް އެމެރިކާގައި 266.5 މިލިއަން ޑޯޒް ވަނީ ފަހަނައަޅާފަ އެވެ. އިންޑިއާގައި 178،36 މިލިއަން، އިނގިރޭސިވިލާތުގައި 54.8 މިލިއަނެވެ. ބްރެޒިލްގައި 50.31 މިލިއަން ޑޯޒް، ޖަރުމަނުގައި 38.65 މިލިއަން ފްރާންސްގައި 27.46 މިލިއަން އަދި އިޓަލީގައި 25.95 މިލިއަނެވެ.

ކޮވިޑް ވެކްސިން ލިސްޓް މި ތަރުތީބުން ލިޔެފައި އޮތްއިރު ވެކްސިން އުފައްދާ ބައެއް ގައުމުތައް އުޅެނީ ވެކްސިން ނުއުފައްދާ ގައުމުތަކަށް ވުރެ ފަހަތުގައިކަން ފާހަގަ ކުރެވެ އެވެ. ރަޝިއާއަކީ ސްޕުޓްނިކްވީ ވެކްސިން އުފައްދާ ގައުމެވެ. އެކަމަކު އުޅެނީ ތުރުކީއަށް ވުރެ ފަހަތުގަ އެވެ. ތުރުކީގައި 25.6 މިލިއަން ވެކްސިން އާންމުންނަށް ދީފައި ވެއެވެ. ވެކްސިން ލިސްޓްގައި އިންޑޮނީޝިއާ އާއި މެކްސިކޯ ވެސް އުޅެނީ ފާހަގެ ކޮށްލެވޭ ވަރަށް ކުރީގަ އެވެ.

ދުނިޔޭގައި އާބާދީގެ ނިސްބަތުން އެންމެ ރަނގަޅަށް އެންމެ ބާރަށް ވެކްސިން ދޭ ކަމަށް ފާހަގަ ކޮށްފައި ވަނީ ސީޝެލްސް އެވެ.

ދުނިޔޭގައި ކޮވިޑްގެ ހާލަތު އަދި ވެސް ތައްކަތު ނުކުރެވެ އެވެ. ވޯލްޑޯމީޓާ ބުނާ ގޮތުން 162.538،008 މީހުންނަށް ކޮވިޑް ޖެހިފައި ވެއެވެ. އޭގެ ތެރެއިން 140،397،997 މީހުން ރަނގަޅު ވެފައި ވާއިރު 3،371،426 މީހުން ވަނީ މަރުވެފަ އެވެ.