ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެމެރިކާގައި ކޮވިޑްމަރު އެއްމިލިއަން ފަހަނައަޅައި

އެމެރިކާގައި ކޮވިޑް ކޮންޓްރޯލް ނުވެ މަރުވާ މީހުންގެ އަދަދު އަދި ވެސް ދަނީ އިތުރުވަމުންނެވެ. ޖޯންސް ހޮޕްކިންސް ޔުނިވާސީޓީ ތަފާސްހިސާބުތަަކުން ދައްކާ ގޮތުން ކޮވިޑްގައި އެމެރިކާއިން މަރުވި މީހުންގެ އަދަދު އެއްމިލިއަނަށް ވުރެ ވަނީ އިތުރުވެފަ އެވެ.

ކޮވިޑްގައި ތިންވަނައަށް އެންމެ ގިނައިން މީހުން މަރުވެފައި ވަނީ މެކްސިކޯގަ އެވެ.

ދުނިޔޭގައި ކޮވިޑްޖެހިގެން މަރުވި މީހުންގެ އަދަދު 2.2 މިލިއަނަށް އަރާފައިވާއިރު ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔާ އެއްވަރު އަދަދެއް ހިއްސާކުރާ ގައުމަކީ އެމެރިކާ އެވެ. ޔޫރަޕް ގައުމުތަކުން މަރުވި އަދަދު 680،000 އަރާފައި ވާއިރު، އޭޝިއާއިން 370،000 މަރު ވަނީ ރެކޯޑްކުރެވިފަ އަވެ. އަދި އެފްރިކާއިން 89،000 މީހުން މަރުވެފެފައިވެ އެވެ.

ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ހިފެހެއްޓުމެއް ނެތި އިތުރުވަމުން އަންނައިރު ބްރެޒިލްގެ ހާލަތު ވަރަށް ދަށް ކަމަށް ޕޭން އެމެރިކަން ހެލްތު އޮގަނައިޒޭޝަން (ޕީއޭއެޗްއޯ) އިން ވެސް ބުނެ އެވެ. ބްރެޒިލްގައި ހުރި ހުރިހާ އައިސީޔޫއެއްގެ ހަތަރުބައިކުޅަ ތިންބައި ފުރިފައިވާއިރު، އައިސީޔޫގައި ފަރުވާދެންޖެހޭ އަދަދު ދަށްނުވާ ކަމަށް ވެސް ބުނެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އެމެރިކާގައި ހަރުކަށި ފިޔަވަޅުތައް އަޅަމުން އަންނައިރު ބަލި ކޮންޓްރޯލްވުމުގައި ތަފާތެއް އަދި ނުފެނެ އެވެ. އެމެރިކާގެ މުޅި އާބާދީއަށް ވެކްސިންދިނުމަށްޓަކައި ބިޔަ ޕްރޮގްރާމެއް ފަށައި ބައެއް މީހުންނަށް ދެވަނަ ޑޯޒް ވެސް ވަނީ ދީފަ އެވެ. ސިއްހީ މާހިރުން ދެކޭ ގޮތުގައި އެމެރިކާގައި މިހާވަރުވެފައި ވަނީ ބަލި ފެތުރެން ފެށިތަނުން އަޅާލުން ކުޑަކުރުމުގެ ސަބަބުންނެވެ.

އެމެރިކާގައި އާންމުން ދަތުރުފަތުރުކޮށް އުޅުމުގައި އަދި ބަހާއި ޓެކްސީ، ރޭލް އަދި ބޯޓްފަހަރުން ދަތުރުކުރުމުގައި މާސްކްއެޅުން މަޖުބޫރުކުރަން ވަނީ ނިންމާފަ އެވެ. މިފަދަ މިފަދަ ކިތަންމެ ފިޔަވަޅަކާއެކު ވެސް މަރުވާ މީހުން ގިނަވެ ވަޅުލަން ދަތިވާ ހިސާބަށް ގޮސްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.