ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޖަޕާން ކުރީގެ މިނިސްޓަރަކު ކޮވިޑްގައި އަވަހާރަވެއްޖެ

ޖަޕާންގައި ކުރިން މިނިސްޓަރުކަން ކުރެއްވި، ޔުއިޗިރޯ ހާޓާ، 53، ކޮވިޑްގައި އަވަހާރަ ވެއްޖެ އެވެ. މިއީ ޖަޕާނުގައި މިފެންވަރުގެ ސިޔާސީ ބޭފުޅަކު އެ ބަލީގައި އަވަހާރަވި ފުރަތަމަ ފަހަރެވެ. ތަރައްގީވެފައި އޮތް ގައުމަކާ ބަލާއިރު ޖަޕާނުގައި ކޮވިޑް ހާލަތު އުޅެނީ ވަރަށް ދަށުގަ އެވެ.

ޔުއިޗިރޯ ވަނީ 2012 ގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރައްވާފަ އެވެ. އެއީ ކުރީގެ ބޮޑުވަޒީރު، ސޮމޫޓޯ ހާޓާގެ ދަރިކަލެކެވެ.

ޖަޕާނުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަރުކަށި ވިޔަވަޅުތައް ވަނީ އަޅާފަ އެވެ. އެއާޕޯޓް ވަނީ ގައުމުން ބޭރު މީހުނަށް ބަންދު ކޮށްފަ އެވެ. ބޯޑަރު ކޮންޓްލޯކް ކުރުމުގެ އިތުރުން އުސޫލުތައް މުގުރާ މީހުން ދިގު މުއްދަތަކަށް ހިފަހައްޓާ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.

ޔޫކޭ ކޮވިޑް، އިނގިރޭސިވިލާތުން ފެނިގެން އުޅޭ ކޮވިޑްގެ ބާރުގަދަ ވައްތަރު، ސިއްހީ އޮފިޝަލުން ބުނާ ގޮތުގައި، ޖަޕާނުން ވަނީ ފެނިފަ އެވެ. ވަޒީރުން ސަމާލުވެ ތިއްބެވުމަށް ބޮޑުވަޒީރު ޔޮޝިހިޑޭ ވަނީ އަމުރު ކުރައްވާފަ އެވެ.

ޖަޕާނުގައި ކޮވިޑް ހާލަތު ގޯސްވަމުން އެދަނީ ތިންވަނަ ފަހަރަށެވެ. އަޅާފައި ހުރި ހަރުކަށި ފިޔަވަޅުތަކާ އެކު ވެސް ދުވާލަކު އެވްރެޖްކޮށް 3،881 ކޮވިޑްޖެހޭ ކަމަށް ވަނީ ރެކޯޑް ކުރެވިފަ އެވެ. މި ހާލަތުގައި ފިޔަވަޅުތައް އަދިވެސް ހަރުކަށިކުރަން ޖަޕާން މީހުން އެދެ އެވެ.