ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާއިން "ޔޫކޭ ކޮވިޑް" ފެނިއްޖެ

އިނގިރޭސިވިލާތުން އިންޑިއާއަށް ދިޔަ ހަ މީހަކު ޔޫކޭ ކޮވިޑަށް ޕޮޒިޓިވްވެފައި ވާކަން އިންޑިއާގެ ހެލްތު މިނިސްޓްރީން ކަށަވަރު ކޮށްދީފި އެވެ. އިންޑިއާގެ ސިއްހީ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްއިން ބުނާ ގޮތުގައި އެމީހުން މިހާރު ތިބީ ވަކިވަކީން ކަރަންޓީން ކޮށްފަ އެވެ. އަދި އެމީހުންނާ ގާތްވެ އުޅުނު މީހުން ވެސް ތިބީ އެކަހެރި ކޮށްފަ އެވެ.

ޔޫކޭ ކޮވިޑް ފުރަތަމަ ފެނުނީ އިނގިރޭސިވިލާތުންނެވެ. ބުނެވޭ ގޮތުގައި، އޮރިޖިނަލް ކޮވިޑަށްވުރެ ޔޫކޭ ކޮވިޑް ބާރުގަދަ ވެފައި އަވަހަށް ފެތުރިގަނެ އެވެ.

އިންޑިއާ ބެލެވެނީ ކޮވިޑްގައި އެމެރިކާ ފިޔަވައި އެންމެ ބޮޑުވަރުވި ގައުމު ކަމަށެވެ. ބަލިޖެހުނު ކަމަށް ރިކޯޑްކުރެވުނު އަދަދު 10 މިލިއަން ފަހަނައަޅާފައި ވާއިރު، 150،000 މީހުން މަރުވެފައިވެ އެވެ. އެހެން ނަމަވެސް، ފަހުގެ ހިސާބުތައް ދައްކާ ގޮތުގައި އިންޑިއާގައި މި ބަލި އަންނަނީ ހިސާބަކަށް ތައްކަތު ވަމުންނެވެ.

އިނގިރޭސިވިލާތުން އިންޑިއާއަށް ދާ ފްލައިޓްތައް، މިމަހުގެ ނިޔަލަށް ވަނީ ބަންދު ކޮށްފަ އެވެ. އެހެން ނަމަވެސް، މި އަމުރަށް އަމަލު ކުރަން ފެށުމުގެ ކުރިން 33.000 މީހުން އިންޑިއާއަށް އެތެރެވެފައި ވާކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނީ އެމީހުންގެ ތެރެއިން 114 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އެއިން މީހަކަށް ޔޫކޭ ކޮވިޑްޖެހިފައި ހުރި ތޯ އަންނަނީ ބަލަމުން ކަމަށެވެ.