ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާއިން ކޮވިޑްގައި މަރުވާ މީހުންގެ އަދަދު ދަށަށް

ކޮވިޑްގައި އިންޑިއާއިން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވާން ފަށައިފި އެވެ. އިންޑިއާގެ ސިއްހީ އިދާރާތަކާ ހަވާލާދީ މީޑިއާއިން ބުނާ ގޮތުގައި އަންގާރަ ދުވަހު އެ އަދަދު 100 އަށް ވުރެ ވަނީ ދަށްވެފަ އެވެ. މިއީ ފާއިތުވި ނުވަ މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.

އިންޑިއަން ހެލްތު މިނިސްޓްރީން ހާމަކޮށްފައި ހުރި މައުލޫމާތަށް ބަލާރި އަންގާރަ ދުވަހާއެކު ފާއިތުވެފައިވާ 24 ގަޑިއިރު ތެރޭގައި މަރުވެފައި ވަނީ 94 މީހުންނެވެ. މިއީ ދުނިޔޭގަައި ދެވަނައަށް އެންމެ ބޮޑު އާބާދީގައި ހީވެސް ނުކުރެވޭ ވަރުގެ ބޮޑު ކާމިޔާބެކެވެ. އިންޑިއާގެ މުޅި އަބާދީން މިހާތަނަށް މަރުވެފައި ވަނީ 154،486 މީހުން ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.

އިންޑިއާގައި ފާއިތުވި އަށް މަސް ދުވަހަށް ބަލާއިރު އަލަށް ބަލިޖެހޭ ދުވަހު އަދަދަށް ވެސް އަންނަނީ ދަށްވަމުންނެވެ. އެންމެ ފަހުގެ ރެކޯޑަކީ 9،000 އެވެ.

ދުނިޔޭގެ ގައުމުތަކަށް ބަލާއިރު ކޮވިޑްގައި އެންމެ ވޮޑުވަރުވި ދެވަނަ ގައުމަކީ އިންޑިއާ އެވެ. އެހެން ނަމަވެސް، ފަހުގެ ރެކޯޑްތަކަށް ބަލާއިރު ފެންނަނީ އުންމީދީ ކުރިއެރުމެވެ.

އިންޑިއާ ސަރުކާރުން ކޮވިޑް ކޮންޓްރޯލް ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ. އެގޮތުން ބަލިބޮޑު އަވަށްތަކަށް ތަޖުރިބާކާރުން ފޮނުވުމާއި ހޭލުންތެރިކަން އިތުރުކުރުން ހިމެނެ އެވެ. އިންޑިއާގެ މުޅި އަބާދީއަށް ވެކްސިން ދިނުމަށް ހިންގާ ބިޔަ ޕްރޮގްރާމްގައި ރަސްމީ ހިސާބުތައް ބުނާ ގޮތުގައި ގާތްގަނޑަކަށް ހަތަރު މިލިއަން މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ.