ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާގައި ކޮވިޑްގައި މަރުވި ކޮންމެ މީހަކަށް ފައިސާދެނީ

އިންޑިއާގައި ކޮވިޑްގައި މަރުވި ކޮންމެ މީހަކަށް 50،000 ރުޕީ ދޭން ސްޕްރީމް ކޯޓުން ސްޓޭޓްތަކަށް އަމުރު ކޮށްފި އެވެ. ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުން ބަދަލުގެ ގޮތުގައި ދޭ ފައިސާއަކީ އާއިލާތަކަށް ކޮންމެވެސް ވަރެއްގެ ލުޔަކަށް ވާނެ އެވެ.

އިންޑިއާގައި 449،260 މީހުން ކޮވިޑްގައި މަރުވި ކަމަށް މިހާތަނަށް ރެކޯޑްކޮށްފައި ވެއެވެ. އެހެން ނަމަވެސް ސިއްހީ މާހިރުން ބުނާ ގޮތުން އިންޑިއާގައި މަރުވި އަދަދު އެއަށް އެތައް ގުނައެއް އިތުރު ވާނެ އެވެ.

ކޮވިޑްގައި މަރުވި މީހުންނަށް ބަދަލެއް ގޮތުގައި ދިނުމަށް ވަކާލާތުކޮށް ހުށަހަޅާފައި އޮތް ޕެޓިޝަނުގައި އެދިފައި އޮތީ ކޮންމެ މީހަކަށް 400،000 ރުޕީ ދިނުމަށެވެ. އެހެން ނަމަވެސް ސްޕްރީމް ކޯޓުން ވަކި އަދަދެއް ކަނޑައެޅީ ސްޓޭޓް ޑިޒާސްޓާ ރެސްޕޮންސް ފަންޑުން ކުރަން ޖެހޭ އެހެން ހޭދަތަކަށް ބަލައި ފަންޑު ދެމެހެއްޓުމަށް ކަމަށް ރޮއިޓާސް ބުނެ އެވެ.

ކޮވިޑްގައި މަރުވި މީހުންގެ އާއިލާތަކަށް އެހީތެރިވުމުގެ ގޮތުން ފައިސާއިން ބަދަލު ދިނުމަކީ ގައުމުތަކުގައި އާންމު ކަމެއް ނޫނެވެ. ކޮވިޑްގައި ބޮޑުވަރުވެ އަޅާނުލެވި މަރުވެފައިވާ މީހުންނަށް އިދާރާތަކުން އިހުމާލުވި ކަމަށް ބަލައި ކޯޓުތަކަށް އެތައް މައްސަލައެއް ގައުމުތަކުގައި ހުށަހަޅާވައިވެ އެވެ.

އިންޑިއާގެ މި އިސް ނެގުމަކީ ކޮވިޑްގައި ބޮޑުވަރުވި ގައުމަތަކަށް ނަމުނާއަކަށް ވާނެ ކަމަށް ބުނެވެ އެވެ. އަދި ސަރުކާރު ބަޖެޓުން އެވަރުގެ ހޭދައެއް ކުރެވެން ހުރި ގައުމުތަކުން ކުރަން އެދެވޭ ކަމަކަށް ވާނެ ކަމަށް ވެސް ބުނެވެ އެވެ.