ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މާސްކް ނާޅާ އުޅޭ މީހުން ޖޫރިމަނާ ކުރާނެ ކަމަށް ލަންކާ ފުލުހުން ބުނެފި

ސްރީ ލަންކާގައި ކާފިއު ހިންގަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ސައްހަ ނޫން ކަމަށާއި އަހަރީ ބަންދާ ދިމާކޮށް އެ ޒާތުގެ ކަމެއް ހަމަޖެހިފައި ނެތް ކަމަށް، ޗީފް އޮފް ޑިފެސް ސްޓާފް، ޖެނެރަލް ޝަވެންދްރާ ސިލްވާ ވިދާޅު ވެއްޖެ އެވެ. ލަންކާގައި ކޮވިޑް ކޮންޓްރޯލް ކުރަން އުފައްދާފައިވާ "ނެޝަނަލް އޮޕަރޭޝަން ސެންޓާ ފޮ ޕްރިވެންޝަން އޮފް ކޮވިޑް-19 އައުޓްބްރޭކް" ބަހަލައްޓަވަނީ ވެސް ޝަވެންދްރާ ސިލްވާ އެވެ.

އާމީ ޗީފް ވިދާޅުވި ގޮތުގައި، ލަންކާގެ އެކި އަވަށްތައް، އެކި ސަރަހައްދުތަކަށް ލުއި ދެއްވާފައި ވާނެ ކަމަށާއި އައިސޮލޭޓް ކުރަން ޖެހިވަޑައިގެންފި ނަމަ އަޅުއްވާނެ ފިޔަވަޅުތައް ވެސް ހުރީ ރޭވިފައި ކަމަށެވެ.

ލަންކާގައި ކޮވިޑް ކޮންޓްރޯލްކުރަން ނެރެފައި ހުރި އަމުތަކާ ހިލާފު ވެގެން 1،740 މީހުން ހައްޔަރަށް ގެންގޮސްފައިވާ ކަމަށް ލަންކާ ފުލުހުން ބުނެ އެވެ. އެމެން ގިނައީ މާސްކް ނާޅާ މީހުން ކަމަށް ވެސް ވަނީ ބުނެފަ އެވެ. މާސްކް ނާޅާ ނަމަ ދެން އޮތީ ޖޫރިމަނާއެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޕޮލިސް މީޑިއާ ސްޕޯކްސް ޕާސަން އަޖީތު ރޮހާނާ ވިދާޅުވީ ފާއިތުވަމުން މިދާ 24 ގަޑިއިރު ތެރޭގައި ވެސް މާސްކްނާޅާ އުޅުނު 35 މީހަކު ހައްޔަރު ކުރަން ޖެހުނު ކަމަށެވެ.

އަޖީތު ވިދާޅުވީ ގޮތުގައި، ސަރުކާރުން އާންމުގެ ރައްކާތެރި ކަމަށް ކުރާ މަސައްކަތްތަކަށް ރައްޔިތުން އެއްބާރުލުން ދެއްވަންވާނެ އެވެ. ބޮޑު ޗުއްޓީގައި އާންމުގެ ގިނަބަޔަކު މަގުތަކަށް ނިކުމެ ހެލިފެލިވެ އުޅޭއިރު ފުލުހުން ވެސް ޒިންމާ އަދާ ކުރާނެ އެވެ.