ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

މިއަދު ވެކްސިން ފުރިހަމަ ކުރީ 1082 މީހުން

ކޮވިޑް ބަލިން ދިފާއުވުމަށް ރާއްޖޭގައި ދެމުން ގެންދާ ވެކްސިން މިއަދު ފުރިހަމަ ކުރީ 1082 މީހުނެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 171 މީހުނެވެ. އެއީ މާލެ ސަރަހައްދުން 85 މީހުންނާއި އަތޮޅު ތެރެއިން 86 މީހެކެވެ.

ވެކްސިން އިއްޔެ މާލެ ސަރަހައްދުން 405 މީހަކު ވަނީ ފުރިހަމަކޮށްފަ އެވެ. އަދި އަތޮޅުތެރެއިން 677 މީހުން ވެކްސިން ފުރިހަމަކޮށްފައި ވެއެވެ. ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖުމްލަ 392315 މީހުން ވަނީ ޖަހާފަ އެވެ. ދެވަނަ ޑޯޒް މިހާތަނަށް ޖަހާފައިވަނީ 339481 މީހުނެވެ.

ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން 60 އަހަރުންމަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރަންޓް ލައިންގަ މަސައްކަތް ކުރާ ސިއްހީ މުވައްޒަފުނަސް އިތުރު ވެކްސިން ޑޯޒްއެއް ދިނުމަށް އެޗްޕީއޭއިން ވަނީ ނިންމާފަ އެވެ.

އަދި މިވަގުތު ވެކްސިންގެ އިތުރު ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައިވަނީ ފައިޒާ ވެކްސިން ކަމަަަށެވެ. އަދި އިތުރު ވެކްސިން ޑޯޒް ޖަހާނީ ކޮވިޑްގެ އެއްވެސް ވެކްސިނެއްގެ ދެވަނަ ޑޯޒް ޖެހިފަހުން ހަ މަސް ދުވަސް ފުރިހަމަވެފައިވާ މީހުންނަށް ކަމަަށް އެޗްޕީއޭ އިން ބުންޏެވެ

ތިން ވަނަ ޑޯޒް ޖަހަން ޝަރުތު ހަމަވާ ފަރާތްތަކަށް އަންނަ ހޯމަ ދުވަހު ވެކްސިން ދޭން ފަށާނެ އެވެ.