ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިނގިރޭސިވިލާތާއި އެމެރިކާ ވެކްސިން އީރާނުން މަނާކޮށްފި

އީރާނުގެ ރޫހާނީ ލީޑަރު، އާޔަތުﷲ އަލީ ޚާމަނައީ ވިދާޅުވީ އެމެރިކާ އާއި އިނގިރޭސީން އުފައްދާ އުފެއްދުންތަކަށް އިތުބާރު ނުކުރައްވާ ކަމަށާއި، ކޮވިޑަށް ފަރުވާ ދިނުމަށް އެ ގައުމުތަކުން އުފައްދާ ވެކްސިން އީރާންގައި ބޭނުން ނުކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ "އެ ވެކްސިނަކުން ކޮވިޑަށް އެކަށީގެންވާ ފަރުވާއެއް ވެސް ނުދެވޭނެ" ކަމަށެވެ.

އަލީ ޚަމަނާއީ ވިދާޅުވީ ފައިޒާ ވެކްސިނުން ކޮވިޑް ގުޅުވާލެވޭ ނަމަ ދުނިޔެ އުތުރި ނާރާނެ ކަމަށެވެ. ބަލިޖެހޭ މީހުންގެ އަދަދު ކޮންޓްރޯލުން ނައްޓާފައި ވާއިރު މަރުވާ މީހުން ވަޅުލެވޭ ވަރަށް ދުނިޔޭގައި ބިން ވެސް ނެތް ކަމަށެވެ.

"ވެކްސިން އުފައްދައިގެން އެމީހުން މިހާރު އެކުރާ ކަމަކީ އަޖުމަބެލުން،" އަލީ ޚާމަނާއީ ވިދާޅުވި އެވެ. "އެއީ އެމީހުން ބޭސް ޓެސްޓްކުރާ ގޮތަކީ" އޭނާ ވިދާޅުވި ގޮތުގައި ބޭރު ގައުމުތަކަށް ބޭހާއި ވެކްސިން ވިއްކަނީ ގޮތްބަލައި ޓެސްޓް ކުރުމަށް ކަމަށެވެ.

އަލީ ހާމާނާއީ ވިދާޅުވީ ފްރާންސްގައި އުފައްދާ ވެކްސިނަށް ވެސް އެހާ އިތުރުބާރު ނެތް ކަމަށާއި ވެކްސިން ހޯއްދަ ވާނީ އިތުބާރު ކުރެވޭ ގައުމަކުން ކަމަށެވެ. އޭނާ ވިދާޅުވީ ދެން އޮތް ގޮތަކީ އަމިއްލަ ގައުމުގައި ވެކްސިން އުފެއްދުން ކަމަށެވެ.

އީރާނަށް ބޭނުންވާ ކޮވިޑް ވެކްސިން ގަތުމަށްޓަކައި ފައިސާ ދައްކާފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ. އެހެން ނަމަވެސް، ވެކްސިން ގަންނަ ގައުމެއ ނުބުނެ އެވެ.

އީރާނުން މިގޮތައް ކަންތައް ކުރުމަކީ ކޮވިޑްގެ ހާލަތު އީރާންގައި ވަރަށް ގޯސް ވެދާނެ ކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ. އީރާނަނީ މިހާރު ވެސް ކޮވިޑް ހާލަތު ދެރަ ގައުމެކެވެ.