ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ފައިޒާއަށް ކޮވިޑް ވެކްސިނުން މިއަހަރު 15 ބިލިއަން ޑޮލަރު ލިބޭނެ

އެމެރިކާގެ ބޭސް އުފައްދާ ކުންފުނި، ފައިޒާ އުންމީދުކުރާ ގޮތުން ކޮވިޑް ވެކްސިން ވިޔަފާރިން މިއަހަރު 15 ބިލިއަން އެމެރިކާ ޑޮލަރު ލިބޭނެ އެވެ. މިއީ އެކުންފުނީގެ މާލީ ތަފާސްހިސާބުތަކުން ތަސައްވުރުކޮށްދޭ މިސްރާބެވެ.

ފައިޒާއިން މިއަހަރު އެންމެ ބޮޑު ފައިދާއެއް ހޯދާނީ ޖަރުމަނުގެ ބަޔޮންޓެކްއާ ގުޅިގެން އުފައްދާ ކޮވިޑް ވެކްސިނުންނެވެ. މިއަރު މިހާތަނަށް ލިބިފައި ހުރި ކޮންޓްރެކްޓްތަކުގެ އިތުރުން ލިބޭނެ ކަމަށް ބެލެވޭ ކޮންޓްރެކްޓްތަކުން ވެސް ބޮޑު ތަނަވަސް ކަމެއް ކުންފުންޏަށް ވައްދާނެ އެވެ.

މިދިއަ އަހަރު ޑިސެމްބަރުގައި ފައިޒާއިން އެމެރިކާއާއެކު ހެދި އެއްބަސްވުުގައި، ޖުލައި ނިމުމުގެ ކުރިން ސަޕްލައި ކުރަން ޖެހޭ 100 މިލއަން ޑޯޒަށް އެކަނި ވެސް 1.95 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެހެން ކަމުން، އެމެރިކާއިން ހުށަހަޅާފައި ހުރި ކޮންޓްރެކްޓައް ފުރިހަމަވާއިރު މިއަދަދު ދެގުނަ އިތުރުވެގެން ދާނެ ކަމަށް ފައިޒާއިން ބުނެ އެވެ.

ފައިޒާގެ މާލީ ރިޕޯޓްތައް ދައްކާ ގޮތުން ފާއިތުވި އަހަރު ހަތަރުވަން ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 594 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރު ހަމަ އެމުއްދަތުގައި ކުންފުންޏަށް ލިބުނު ގެއްލުންތަކުން އަރައިގަނެ ހިނގައިގަތުމަށް ފަހިވި ފުރުސަތެއް ކަމަށް ކުންުފުނިން ބުނެ އެވެ.

ފައިޒާއިން މިއަހަރު އެކަނި ވެސް ކޮވިޑް ވެކްސިނުން ހޯދާ ފައިސާ އެހެން ވިޔަފާރިތަކަށް ވުރެ ނިސްބަތުން އިތުރުވާނެ ކަމަަށް ބެލެވެ އެވެ. މިއީ ކުރު މުއްދަތެއްގައި ފައިޒާއަށް އެންމެ ގިނައިން ފައިސާ ވަންނާނެ ކަމަށް ބެލެވޭ ދުވަސްވަރެވެ.

ދުނިޔެ ކޮވިޑުން އަރައިގަންނާނެ ދުވަހެއް ވެސް އަދި އެނގެން ނެތްއިރު ފައިޒާއަށް އޮތީ ކޮންޓްރެކްޓްތަކަށް ވެކްސިން ސަޕްލައިކޮށްދިނުމެވެ. މިހާރު ހަދާދައި ހުރި ކޮންޓްރެކްޓްތައް ހަމަވާންވާއިރަށް ދެގުނަ އިތުރު ކޮންޓްރެކްޓްތައް ފައިޒާއަށް ލިބުމުގެ ފުރުސަތު ބޮޑެވެ.