ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ފައިޒާ-ބަޔޮންޓެކުން ފަގީރު ގައުމުތަކަށް 40 މިލިއަން ވެކްސިން ދެނީ

ފައިޒާ-ބަޔޮންޓެކްއިން ޑަބްލިޔުއެޗްއޯ މެދުވެރިކޮށް ފަގީރު ގައުމުތަކަށް 40 މިލިއަން ވެކްސިން ޑޯޒް ފޯރުކޮށް ދެނީ އެވެ. މިއީ ޑަބްލިޔުއެޗްއޯއިން ހިންގާ ކޯވެކްސް ޕްރޮގްރާމަށް އެހީތެރި ވެދޭން ނިންމި ނިންމުމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

"ވެކްސިން ފޯރު ކޮށްދިނުމުގައި ހަމަހަމަ އުސޫލެއް، ވަކި ފަރުދެއްގެ މަސްލަހަތަށް ނުބަލައި، ގާއިމު ކުރެވުމަކީ ހުރިހާ މާނައެއްގައި ވެސް މުހިންމު ކަމެއް،" ޑަބްލިޔުއެޗްއޯ ޑައިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވި އެވެ. "އަޅުގަނޑުމެން ފައިޒާ-ބަޔޮންޓެކާއެކު މިވާ އެއްބަސްވުމުގައި، ކޯވެކްސް ޕްރޮގްރާމް މެދުވެރިކޮށް ފުރާނަ ސަލާމަތް ކުރުމަށް އެހީތެރި ވެދޭނެ"

ޓެޑްރޮސް ވިދާޅުވީ ޑަބްލިޔުއެޗްއޯއިން ކޯވެކްސް ޕްރޮގްރާމް ފަށަން ޖެހުނީ ދުނިޔެ ފަގީރުންގެ މަތިން ހަނދާން ނެތިދާނެތީ ކަމަށެވެ. މުއްސަނދިން ތަނަވަސް ކަމުގައި ވެކްސިން ހޯދާއިރު އެފަދައެއް ނެތް ގައުމުތައް ބާކީ ވެދާނެތީ ކަމަށެވެ.

ޑަބްލިޔުއެޗްއޯއިން ފައިޒާ-ބަޔޮންޓެކްއާއެކު އެއްބަސްވުމަކަށް އައިސްފައި ވަނީ، ޓްރަމްޕް ސަރުކާރުން ޑަބްލިޔުއެޗްއޯއިން ވަކިވެފައި އޮތް ނަމަވެސް، އެ ޖަމާއަތުގައި ބައިވެރިވެ ހިއްސާވެވަޑައިގަންނަވާނެ ކަމަށް ބައިޑަން ސަރުކާރުން ވިދާޅުވެފައި ވަނިކޮށެވެ.

ޑރ. އެންތަނީ ފައުޗީ ވެސް ވިދާޅުވެފައި ވަނީ އެމެރިކާއިން ކޯވެކްސް ހިއްސާ ކުރައްވާނެ ކަމަށާއި އެކަމުގައި އެމެރިކާގެ ދައުރު އޮންނަން ޖެހޭ ކަމަށެވެ.