ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޑރ. ފައުޗީއަށް އިޒްރޭލުން އެއްމިލިއަން ޑޮލަރުގެ އިނާމެއް

ޑރ. އެންތަނީ ފައުޗީއަށް އިނާމެއް ގޮތުގައި އެއްމިލިއަން ޑޮލަރު ލިބިވަޑައިގެންފި އެވެ. މިއީ އިޒްރޭލުން އަހަރަކު އެއްފަހަރު ދޭ "ދަން ދަވީދު ޕްރައިޒް" އެވެ. މި އިނާމު އާންމުކޮށް ދެނީ ސައިންސް މައިގަނޑު މައުލޫއަށެވެ. އޭގެ ތެރޭގައި ބޭސްވެރިކަން، ސިއްހަތު، އުފެއްދުންތެރިކަން އަދި ތާރީހު ހިމެނޭ ފަހަރު ވެސް އާދެ އެވެ.

ފައުޗީއަށް އިނާމު ލިބިވަޑައިގަންނަވަނީ އެޗްއައިވީ / އެއިޑްސް ދިރާސާއަށް އަދި ކޮރޯނާވައިރަހަށް ވެކްސިން އުފެއްދުމުގައި އަދާ ކުރައްވާފައިވާ ދައުރަށެވެ. އަދި ސައިންސް ކުރިއެރުއްވުމަށް ސިޔާސީ ނުފޫޒު ގަދަ ބޭފުޅުންނާ ކުރިމަތިލައްވައި ކޮވިޑް ހާލަތުގައި ވެސް ވަކާލާތު ކުރައްވައި، ކުރައްވާފައިވާ މަސައްކަތްތަކަށެވެ.

ފައުޗީ އަކީ ޔޫއެސް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީޒަސްގެ ޑައިރެކްޓަރެވެ. އޭނާގެ މަގާމުގެ ހައިސިއްޔަތުން ކުރައްވާފައިވާ މަސައްކަތްތައް ވެސް ވެފައި ވަނީ އިނާމު ލިބިލެއްވި ސަބަބަކަށެވެ.

ދަން ދަވީދު ޕްރައިޒް އަކީ ކޮންމެ އަހަރަކު ތިން މީހަކަށް ދެވޭ އިނާމެކެވެ. އެއީ އެއިން ކޮންމެ މީހަކަށް އެއްމިލިއަން ޑޮލަރެވެ. ޑރ. ފައުޗީ މިއިނާމަށް ހޮވިވަަޑައިގަތުމުގައި، ކޮވިޑްގެ ހާލަތަށް މީހުން ހޭލުންތެރި ކުރެއްވުމާއި ކޮވިޑާހެދި ބިރުން ތިބި އެތައް ބަޔަކަށް ހިތްވަރުދެއްވައި ވިދާޅުވެފައިވާ އޯގާތެރި ބަސްތަކަށް ވެސް ވަނީ ރިއާޔަތްކޮށްފަ އެވެ.

ކޮވިޑަށް ވެކްސިން އުފެއްދުމުގައި ދުނިޔެ މިހާތަކަށް ތަޖުރިބާކޮށްފައިނުވާ "އެމްއާރުއެންއޭ" ޓެކްނޮލޮޖީ ބޭސްވެރިކަމަށް ގެނައުމާއި އަދި ވެކްސިން އުފެއްދުމުގައި ވެސް ޑރ. ފައުޗީ ވެފައި ވަނީ ހިތްވަރުދެއްވައި މަސައްކަތްތައް ކާމިޔާބުވާނެ ކަމަށް ސާބިތުކަމާ އެކު ވިދާޅުވެފަ އެވެ. އަދި ވެކްސިން އަވަސްކުރުމާއެކު އިންސާނުންނަށް ބޭނުންކުރެވޭ ފެންވަރަށް ގެނައުމުގައި ވެސް އޭނާގެ މުހިންމުންކަން ވަނީ ފާހަގަކޮށްފަ އެވެ.

ފައުޗީއަށް އަދި މިއިނާމަށް ހޮވިވަޑައިގެންނެވި ޝަރަފުވެރިންނަށް އިނާމުދިނުން އޮންނާނީ މިއަހަރު މޭމަހު އެވެ.