ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފައިޒާ އާއި ސިނޯފާމް ވެކްސިނަށް ހުއްދަ ދީފި

Mar 15, 2021
5

ޗައިނާގެ ސިނޯފާމާއި ފައިޒާ-ބަޔޯންޓެކް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ) އިން ދީފިއެވެ.

ރާއްޖެއިން ދެ ވެކްސިނަށް ހުއްދަ ދީފައި ވަނީ އެމަޖެންސީކޮށް ބޭނުން ކުރާށެވެ. ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ސިނޯފާމް ޖަހަން ހުއްދަ ދީފައި ވަނީ 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުނެވެ.

މި ދެ ވެކްސިނުގެ ތެރެއިން ސިނޯފާމް ވެކްސިނަކީ އީޔޫގެ ހުއްދަ ނުލިބޭ ވެކްސިނަށް ވުމުން ގިނަ ކަންކަމަށް ބަލާފައިވެ އެވެ. އެ ގޮތުން ކުންފުނީގެ މައުލޫމާތާއި ދުނިޔޭގައި އެ ވެކްސިނަށް ހުއްދަ ދިން ގައުމުތަކާއި ވެކްސިން އުފައްދާ ކުންފުނީގެ ފެންވަރު ހިމެނެ އެވެ.

"ފައިޒާ އަދި ސިނޯފާމް ވެކްސިނަށް މޯލްޑިވްސް ފުޑް އެނޑް ޑްރަގް އޮތޯރިޓީ އިން އެމަޖެންސީ ޔޫޒް އެޕްރޫވަލް ދީފައި މިވަނީ. މި ދެ ވެކްސިނަށް އެޕްރޫވަލް ދިނުމުގައި ވެސް މި ބަލާފައި ވަނީ ވަކި ކަހަލަ ކަންތައްތަކަކަށް... ސައިނޯފާމް ވެކްސިނަށް ހުއްދަ ދިނުމުގައި ވަރަށް ބައިވަރު ކަންތައްތަކަށް ބަލަން ޖެހުުނު. އެއީ އީޔޫ އަށް އެޕްރޫފަލް ލިބިފައި ނުވާ އެއްޗަަކަށް ވާތީ." އެމްއެފްޑީއޭގެ ޑިރެކްޓަރު ޖެނެރަލް އައިޝަތު މުހައްމަދު މިއަދު ވިދާޅުވި އެވެ.

ސިނޯފާމް ވެކްސިނަށް އީޔޫއިން ވަރަށް އަވަހަށް އެޕްރޫވަލް ދޭން ވަނީ ނިންމާފަ އެވެ.