ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ބޫސްޓާ ޖަހަން ސިރިންޖް ލިބޭނެ ދުވަހެއް ނޭނގޭ

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމަށް ވެކްސިންގެ ބޮޑު ކެންޕެއިން ފެށުމަށް ސިރިންޖް ލިބޭނެ ދުވަހެއް ނޭންގޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް އެޗްޕީއޭ އިން ޖަހަން ފަށާފައިވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެނެވެ. އެއީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަންޏެވެ. މިހާރު ވެކްސިން ޖަހަމުންދަނީ 50 އަހަރުން މަތީގެ މީހުނަށެވެ.

ނަމަވެސް އިތުރު ވެކްސިން ލިބުމުން އާންމުކޮށް ހުޅުވާލައިގެން ވެކްސިން ދޭން ފެށުމަށް އެޗްއީއޯސީން އޮތީ ނިންމާފައެވެ. އަދި އެކަމަށް ހާއްސަ ކެންޕެއިނެއް ފެށުމަށް ވެސް ނިންމާފައިވެއެވެ. އެ ހަރަކާތް ފެށުމަށް ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން އިން ފައިޒާގެ 100،620 ޑޯޒް ރާއްޖެ އަށް ވަނީ ހަދިޔާކޮށްފަ އެވެ. ނަމަވެސް ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖް ވަނީ ނުލިބިފަ އެވެ.

އާންމުކޮށް ހުޅުވާލައިގެން ވެކްސިން ދޭން ފަށަން ސިރިންޖު ލިބޭނީ ކޮންއިރަކުންތޯ ސުވާލު ކުރުމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ވިދާޅުވީ ސިރިންޖު ލިބޭނެ ދުވަހެއް ނޭންގޭ ކަމަށެވެ. އެއީ ވެކްސިން ޖެހުމަށް ދުނިޔޭގައިވެސް ސިރިންޖު ލިބުމުގެ ދަތިތަކެއް އުޅޭތީ ކަމަށެވެ.

ސިރިންޖު ލިބުމުގައި ދަތިތަކެއް އުޅޭއިރު މިހާރު ބޭނުންކުރަމުން އަންނަ ފައިޒާ ވެކްސިންގެ މުއްދަތު ހަމަވާން އޮތް ތާރީހަކީ މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލެވެ. ނަމަވެސް ޑިސެމްބަރުން ފެށިގެން އިތުރު ތިން މަހަށް ވެކްސިން ބޭނުންކުރެވޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ އަންގާފަ އެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 396،779 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހަފާއިވެ އެވެ. އަދި 367،450 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ. ބޫސްޓާ ޖަހާފައިވަނީ 25،925 މީހުންނެވެ.