ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޗައިނާ ފަތުރުވެރިން ކޮވިޑް ޓެސްޓް ހެދުން މަޖުބޫރު: އެމެރިކާ

ޗައިނާއިން އެމެރިކާއަށް ދަތުރުކުރުމުގެ ކުރިން ކޮވިޑް-19 ޖެހިފައި ނެތް ކަން ޔަގީންކޮށްދިނުމަށްޓަކައި ޓެސްޓް ހެދުން އެމެރިކާ ސަރުކާރުން މަޖުބޫރުކޮށްފި އެވެ.

އެމެރިކާގެ އާ އުސޫލަށް އަމަލުކުރަން ފަށާނީ ކުރިއަށް އޮތް ޖެނުއަރީ ފަސްވަނަ ދުވަހުން ފެށިގެންނެެވެ. އާ އުސޫލުގައިވާ ގޮތުން ޗައިނާ އިން އެމެރިކާ އަށް ދަތުުރުކުރާނަމަ އެމެެރިކާ އަށް އެތެރެވުމުގެ ދެ ދުވަސް ކުރިން ޓެސްޓް ހަދަންޖެހެ އެެވެ.

އެމެރިކާގެ ސިއްހީ ދާއިރާގެ އޮފިޝަލުން މައުލޫމާތުދޭ ގޮތުގައި އާ އުސޫލު ތަންފީޒުކޮށް ނިމޭނެ ވަކި ދުވަހެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ. އެކަމުގައި ގޮތެއް ނިންމޭނީ ވަގުތާއީ ހާލަތަށް ބަލައިގެން ކަމުގައިވެސް އޮފިޝަލުން ވިދާޅުވެފައިވެ އެވެ.

ޗައިނާ އިން އެމެރިކާއަށް ދަތުުރުކުރާ މީހުން އަމަލުކުރަންޖެހޭ އުސޫލެއް އެކުލަވާލާފައި މިވަނީ ޗައިނާގައި އަނެއްކާވެސް ކޮވިޑް ބާރަށް ފެތުރެމުން ދަނިކޮށް އެ ގައުމުގެ ރައްޔިތުންގެ ފިއްތުންތަކާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލައި ޗައިނާގެ ބޯޑަރު ހުޅުވަން ތައްޔާރުވަމުންދާ ވަގުތެއްގަ އެވެ.

އެމެރިކާގެ ކޮވިޑްގެ އާ އުސޫލުތައް ޗައިނާގެ އިތުރުން އެ ސަރަހައްދުގެ ބައެއް ގައުމުތަކަށް ވެސް ތަންފީޒުކުރަން އެމެރިކާ ސަރުކާރުން ވަނީ ނިންމާފަ އެވެ.

ޗައިނާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އާންމުކުރުން ހުއްޓާލާފައިވާތީ ވެސް އެމެރިކާ އިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.