މޯލްޑިވްސް ޕޮލިސް ސާވިސް

ނުގަވައިދުން ހުރި ފުލުސް ސައިކަލްގެ ތަފްސީލު ދީފި

ސޯޝަލް މީޑިޔާ ގައި ދައުރު ވަމުން ދިޔަ ފޮޓޯއެއްގެ ތަފުސީލު ފުލުހުންގެ އިދާރާއިން ދީފި އެވެ.

މަގު ހުރަސް ކުރަން ހާއްސަ ކަފިހިހުރަހެއް މަތީ ޕޮލިސް ވެހިކަލެއް ޕާކް ކޮށްފައިވާ ފޮޓޯ އެއް ސޯޝަލް މީޑިޔާގައި ދައުރުވަމުންދާތީ އާއި ފުލުސް ސައިކަލެއް އެގޮތަށް ޕާކްކޮށްފައި ހުރުމުން އާންމުން ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

އެހެންވެ ފުލުހުން އެ ފޮޓޯ ޝެއާ ކުރުމަށްފަހު މިއަދު ބުނީ އެ ސައިކަލް އެގޮތަށް ޕާކް ކޮށްފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު އެދުރު ހިޔާގެ ފްލެޓެއްގެ ތެރޭގައި މީހެއްގެ ގައިގައި އަލިފާން ރޯވެގެން އުޅޭ ކަމަށް ލިބިގެން އެ ހާދިސާ ހިނގިތަނަށް ފުރަތަމަ ދިޔަ ފުލުހުން އިމާޖެންސީ ހާލަތުގައި ތިބުމުން ކަމަށެވެ.

އެ ހާދިސާގައި އެ މީހާގެ ހެދުމުގައި އަލިފާން ހިފި ނަމަވެސް ހަށިގަނޑަށް ގެއްލުމެއް ނުލިބި ސަލާމަތް ކުރެވުނު ކަމަށެވެ.

ޓްރެފިކް ގަވައިދުތަކަށް ފުލުހުން ހިލާފުވާ ކަމުގެ ވާހަކަ އަކީ އަބަދުވެސް އާއްމު ގިނަ ބަޔަކު ދައްކާ ވާހަކަ އެކެވެ.