ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް ޖެހިގެން 77 އަހަރުގެ ދިވެއްސެއް މަރުވެއްޖެ

ކޮވިޑް ޖެހިގެން 77 އަހަރުގެ ދިވެއްސެއް މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް ޖެހިގެން މަރުވެފައިވަނީ އައިޖީއެމްއެޗްގައި އީއާރުގައި ފަރުވާ ހޯދަމުންދިޔަ 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މަރުވީ މިއަދު ހެނދުނު 10:14 ގައެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 50 ވަނަ މީހާއެވެ. ކޮވިޑްގައި ރާއްޖެއިން މަރުވީ 42 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޮވިޑް ޖެހޭ މީހުންގެ ނިސްބަތް މި ދުވަސްވަރު އަނެއްކާވެސް ވަނީ އިތުރުވެފައެވެ. މިހާތަނަށް 14،712 މީހަކަށް ބަލި ޖެހިފައިވެއެވެ. އޭގެ ތެެރެއިން 13،639 މީހުން ވަނީ ފަސޭހަވެފައެވެ. ބަލިން ފަސޭހަނުވެ ތިބީ 1،017 މީހުންނެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 79 މީހަކަށް ފަރުވާ ދެމުން ދެއެވެ. އޭގެ ތެރެއިން ތިން މީހަކަަށް ފަރުވާ ދެނީ އައިސީޔޫގައެވެ. އެކަކު އޮތީ ވެންޓިލޭޓަރުގައެވެ.