ކޮވިޑް ވެކްސިން

ޕްރޮގްރާމްފަށައި ރައީސް ވެކްސިން ޖައްސަވައިފި

Feb 1, 2021
11

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި މިއަދު ރަސްމީކޮށް ފަށައިފި އެވެ. ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު ފުރަތަމަ ބުރުގައި ވެކްސިން ޖެހީ 34 މީހެކެވެ.

ފުރަތަމަ ރާއްޖޭގައި ވެކްސިން ޖެއްސެވީ އައިޖީއެމްއެޗްގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ޝިރާނީ އަބްދުއްރަހީމެވެ. އެ ޑޮކްޓަރަށް ފަހު މިއަދު ވެކްސި ޖެއްސެވި އިސްވެރިންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ބައެއް ވަޒީރުން ހިމެނެ އެވެ.

އޭގެ ތެރޭގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފެމިލީ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ހިމެނި ވަޑައިގަންނަވަ އެވެ.

މާލޭ ސިޓީގައި މިއަދު އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ކުރިޔަށް ދާނެ އެވެ. ހދ. ކުޅުދުއްފުއްޓާއި އައްޑޫ ހިތަދޫގެ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ވެސް މިއަދު ވެކްސި ޖަހަން ވަނީ ފަށާފަ އެވެ.

ވެކްސިން ޖެހުމުގެ މިއަދު ކުރިޔަށް ދާނީ

  • ކުޅުދުއްފުށި ސިޓީގައި
  • މާލޭ ސިޓީގައި
  • އައްޑޫ ސިޓީގައި
  • ވެކްސިން ޖެހުމަށް 500 މީހުން ތަމްރީނު ކޮށްފައިވޭ
  • ދައުލަތުތެ އިސްވެރިން ފުރަތަމަ ވެކްސިން ޖެއްސެވި

ރާއްޖޭގައި މިއަދު ޖަހަން ފެށީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ.

މިއަދު ވެކްސިން ދޭ އަދަދުތައް

  • އައިޖީއެމްއެޗްގައި: 40 މީހުބް
  • އޭޑީކޭގައި: 40 މީހުން
  • ޓްރީ ޓޮޕްގައި: 30 މީހުން
  • ހުޅުމާލޭ ހޮސްޕިޓަލްގައި: 30 މީހުން
  • ސެންހިޔާގައި: 30 މީހުން
  • ވިލިމާލޭ ހޮސްޕިޓަލްގައި: 30 މީހުން
  • އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި: 30 މީހުން
  • ކުޅުދުެއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި: 30 މީހުން

ކޮވިޑް ވެކްސިން ޕްރޮގްރާމް ހިންގުމަށް ހާއްސަ ދަފުތަރެއް ތައްޔާރު ކުރެ އެވެ. އެކަމަށް ހާއްސަ އޮންލައިން ޕޯޓަލް މެދުވެރިކޮށް މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައި ވެއެވެ.

ވެކްސިން ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. ވެކްސިން ދިނުމަށްޓަކައި ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރި (އެމްއެފްޑީއޭ) އިން ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުއްދަ ދީފަ އެވެ. ހުއްދަ ދިނީ ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޓޤއޭޝަންގައި ބޭނުން ކުރާށެވެ.