ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

މިހާރު ބުނަނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ހަ މަހަށް ފަސްކުރެވިދާނެ ކަމަށް

ބާރަ ހަފްތާވާއިރުު ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ނުލިބުނަސް ހަ މަސްތެރޭ ލިބިއްޖެނަމަ އަލުން ފަށަން ނުޖެހޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާ ދީފައިވާ ކަމަށް ވެކްސިން ޕްރަގްރާމްގައި އިސްކޮށް ހުންނެވި ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ޓެގް ޓީމުން ކުރީން ނިންމާފައި އޮތީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާ ފަހުން ޖަހާ ގޮތަށެވެ. އަދި 12 ހަފްތާ ކުރީން ޖަހަން ޖެހޭނެ ކަމަށެވެ. ނަމަވެސް ވެކްސިން ސްޓޮކް މަދުވެ ޕްރަގްރާމް މެދުކަނޑާލުން އެތައް ހާސް ބަޔަކު ތިބީ ދެވަނަ ޑޯޒް ނުޖެހިފައެވެ.

ފަހުން ވަނީ 16 ހަފްތާއަށް އެ މުއްދަތު އިތުރުކޮށްފައެވެ.

ޑރ. ފައިސަލް މިރޭ ވިދާޅުވީ ބާރަ ހަފްތާވާއިރުު ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ނުލިބުނަސް ހަ މަސްތެރޭ ލިބިއްޖެނަމަ އަލުން ފަށަން ނުޖެހޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާ ދީފައިވާ ކަމަށެވެ.

"ސަބަބަކީ އެއީ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ދިފާއީ ނިޒާމު ތަމްރީނުވެ ދެވަނަ ޑޯޒް ޖެހުމުން މި ނިޒާމު ރުކުރުވާލާ ހަލުވި ކުޅަދާނަ ކަމުން،"

ސަރުކާރުން މިހާރުވެސް ދަނީ އެކި ގޮތްގޮތުން ވެކްސިން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހިލޭ ލިބެން ހުރި ވެކްސިނަށް ނުބަލާ ސަރުކާރުން އެެންމަ ފުރަތަމަ ވެސް ވެކްސިން ގަންނަން މަަސައްކަތް ތަކެއް ވެސް ކޮށްފައިވެ އެވެ. އެގޮތުން ސިންގަޕޫރުގެ ކުންފުންޏަކުން އެކްސްޓްރާޒަނިކާ ވެކްސިންގެ 700،000 ޑޯޒް ހޯދުމަށް ފައިސާ ދައްކާފައިވެ އެވެ. ނަމަވެސް އެ ވެކްސިން ނުލިބި ލަސްވާން ފެށުމުން އިންޑިއާއިން 300،000 ޑޯޒްގެ ކޮވިޝީލްޑް ގަންނަން ފައިސާ ދައްކާފައިވެ އެވެ. އެތަނުން 100،000 ޑޯޒް ލިބިފައިވާއިރު ސިންގަޕޫރު ކުންފުނިން ފޮނުވާ ފުރަތަމަ ސްޓޮކްވެސް ލިބޭނީ މި މަހު ފަހުކޮޅު ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން މިހާރު ވަނީ ރަޝިޔާ ވެކްސިން ގަތުމަށްވެސް ފައިސާ ދައްކާފައެވެ.