ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކެފޭ ރެސްޓޯރެންޓް

ކެފޭތައް ހުޅުވޭނީ ރޭގަނޑު 10:30 އާ ހަަމައަށް

ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރޭ މިންވަރު އިތުރު ވެފައިވާތީ ބަލި ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތު، ހޮޓާ ކެފޭ / ރެސްޓޯރެންޓް ފަދަ ތަންތަނުން ހިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ގެނައި ބަދަލު ބުނާ ގޮތުން ދެން، ހޮޓާ / ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:00 އިން ރޭގަނޑު 10:30 އަށެވެ. އަދި އެޗްޕީއޭގެ އުސޫލާ އެއްގޮތަށް ހިދުމަތް ދިނުމުގައި އަމަލު ކުރުމަށް ވެސް އެ މިނިސްޓްރީން އަންގާފައި ވެއެވެ.

މި ބަދަލު މިއަދު ގެނައި އިރު މިދިޔަ މަހު ވަނީ ކެފޭ ފަދަ ތަންތަން މެންދަމު 1:00 ޖަހަންދެން ހުޅުވާފައި ބަހައްޓަން ހުއްދައެއް ދީފަ އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފަ އެވެ. ކޮވިޑް ނަމްބަރު އުފުލިފައި ވަނީ ކޮވިޑް-19 އިގެ އާ ވޭރިއަންޓްގެ ސަބަބުން ކަމަށް އެޗްޕީއޭއިން ވަނީ ލަފާ ކޮށްފަ އެވެ.

ކޮވިޑް ބަލީގެ ހާލަތު ގޯސް ވަމުން ދާތީ މިހާރު ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަކޮށް ހަރުކަށިކޮށްފަ އެވެ. އެ ގޮތުން ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށް ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކުރިއަށް އޮތް ދެ ހަފުތާގެ ކާފިއުއެއް ވެސް ވަނީ އިއުލާންކޮށްފަ އެވެ. މީގެ އިތުރުން ނާސަރީ އާއި ޕްރީ-ސްކޫލް ހިދުމަތްދޭ ތަންތަން ބަންދުކޮށް ޔުނިވާސިޓީތަކާއި ކޮލެޖުތައް އޮންލައިންކޮށް ކިޔަވައި ދޭން އަންގައިފައި ވެއެވެ. މި ބަދަލުތައް ގެނައި ނަމަވެސް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައެއް ނުވެއެވެ.