ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސަރަހައްދުގެ ކާފިއު

"ފިޔަވަޅު އަޅާއިރު އިގްތިސޯދީ ގެއްލުމަށް ވިސްނަން"

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު -- އަވަސް ފޮޓޯ
100%
0%
0%

މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވާން ފެށުމުން ފިޔަވަޅު އަޅާއިރު އިޖްތިމާއީ އަދި އިގްތިސޯދީ ގެއްލުމަށް ވެސް ވިސްނާ ކަމަަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ކޮވިޑް-19 އަށް ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. ކާފިއު ހިންގުމާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ވަކި ވަގުތެއްގައި ބަންދު ކުރަން އެންގުމާއި ވެހިކަލް ދުއްވުން މަނާ ވަގުތުތަކެއް ވަނީ ހަމަޖައްސާފަ އެވެ.

އެކަމުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމުގެ ޝަކުވާ ވަރަށް ބޮޑެވެ. ހާއްސަކޮށް ކެފޭ / ރެސްޓޯރަންޓް އަދި ހޮޓާތަކަށް ލިބޭ ގެއްލުން ބޮޑުވެ އެ އިންޑަސްޓްރީ ބަނގުރޫޓްވުމާ ގާތްވެފައިވާ ކަމަށް އެ ވިޔަފާރިތަކުން ބުނަމުން ދެއެވެ. ވިޔަފާރި އެންމެ ޕީކު ވަގުތު ބަންދު ކުރަން ޖެހުމާއި ޑެލިވަރީ ހުއްޓާލަން ޖެހުމަކީ ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް ކަމަށް ވިޔަފާރިވެރިން ދެކެއެވެ. އެ ޝަކުވާ އިދާރާތަކަށް ތަކުރާރުކޮށް ހުށައަޅައިފި އެވެ. އަދި ކެފޭ / ރެސްޓޯރަންޓްތައް ބަންދުކޮށް އިހުތިޖާޖަށް ނިކުންނަން ވިސްނަމުންދާ ކަމަށް އެ ވިޔަފާރިތަކުން ވަނީ ބުނެފައެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ކޮންމެ ފިޔަވަޅަކީވެސް އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ. ހާއްސަކޮށް މުޖްތަމައުގައި ތިބި ހައިރިސްކު މީހުންނަށް ފިޔަވަޅުތައް ވަރަށް މުހިންމު ކަމަށެވެ.

ނަޒްލާ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރަން ފިޔަވަޅު އަޅާއިރު އިޖްތިމާއީ އަދި އިގްތިސާދީ ގެއްލުމަށްވެސް ވިސްނާ ކަމަށާ ނަމަވެސް އެންމެ އިސްކަން އޮތީ ސިއްހަތު ރައްކާތެރި ކުރުމަށް ކަމަަށެވެ.

"އަޅުގަނޑުމެން ހުރިހާ ފިޔަވަޅުތަކެއް މި އަޅަނީ ބަލި ކޮންޓްރޯލް ކުރުމަށް އަދި މި ގޮތަށް ފިޔަވަޅުތައް އަޅާއިރުގަވެސް އޭގެ ސަބަބުން ލިބޭ އިޖްތިމާއީ އަދި އިގްތިސާދީ ގެއްލުމަށްވެސް ވިސްނާފައި. އެހެން ނަމަވެސް އެންމެ ފުރަތަމަ ކަމަކަށް ސިއްހަތު ރައްކާތެރިކުރުން އެއީ އެންމެ އިސްކަމެއްދޭ ކަމެއް ކަމުގައި ބަލައިގެން ކުރިއަށް މި ގެންދަނީ،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވަނީ މިހާރު އޮތް ހާލަތުން އަރައިގަތުމަށް ފިޔަވަޅުތަކުގައި ގަދައަށް ހިފެހެއްޓުމަށް އިލްތިމާސްކޮށްފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންއަށް ފުރިހަމަ މައުލޫމާތު ދިނުމާއި ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ އަވަހަށް ޓެސްޓް ކުރުން މުހިންމު ކަމަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ތިމާވެށި

ސާބަހޭ ނަޒްލާ. އިގުތިސާދަށް ގެއްލުންވާ ކަމެއް ނުކުރައްވާތި.

ދުންޔާ

ބަޔަކަށް މޭކެރިޔަސް އެޗްޕީއޭ އިން ކަންތައް ކުރަނީ ހަމަ ރަނގަޅަށް ކަމަށް މިބަލަނީ. އެކަމަށް ޝުކުރު އަދާ ކުރަން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345