އެކި ރާގު

އެކިރާގަށްފަހު އުމަރުގެ ލަވައިގެ އުމުރު ހަމަވީ!

ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ ލަވަކިޔުންތެރިންގެ ތެރޭގައި އުމަރު ޒާހިރު ހިމެނެ އެވެ. އުމަރުގެ "ހަންހާރަ" އަލްބަމަކީ މިހާތަނަށް ރާއްޖޭގައި ނެރުނު އެންމެ ކާމިޔާބު ލަވަ އަލްބަމެވެ. އެ އަލްބަމުގެ 10،000 ވުރެ ގިނަ ރޯލް ވަނީ ވިކިފަ އެވެ. "މޫނޭތީ ހިތް އެދޭ" އާއި "ހަނދަކީ ކަލާ ކަމުގައި ވިޔަސް" ފަދަ ލަވަތަކަކީ އުމަރުގެ އެންމެ ފާހަގަކޮށްލެވޭ ލަވަތަކެވެ. އުމަރުގެ ލަވައިގެ ކެރިއަރުގައި އޭނާ ވަނީ ކޮޕީ ލަވަކިޔުން ހުއްޓާލައި މުޅީން ވެސް އަމިއްލަ ރާގަށް ނޫނީ ލަވަ ނުކިޔަން ނިންމާފަ އެވެ. އަވަސް އޮންލައިންގައި ފަށާ "އެކިރާގު" ގެ ފުރަތަމަ އެޕިސޯޑްގެ މިއުޒިކީ ފަންނާނަކީ އުމަރެވެ. މި އިންޓަވިއުގައި އުމަރު ވަނީ އޭނާގެ ލަވައިގެ ކެރިއަރު ރަސްމީކޮށް ނިންމާލާފައިވާކަން އިއުލާންކޮށްފަ އެވެ. އުމަރު ބުނާ ގޮތުން މިހާރު އިސްކަންދެނީ އަމިއްލަ ވިޔަފާރީގައި ކުރިއަށްދާށެވެ. -- ވީޑިއޯއިން ބައްލަވާ ލައްވާ --

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ވާއްޕެ

އަންހަނަށް އުމާރާއެކު ކައިރިން އުޅުމުގެ ފުރުސަތު ލިބުނު.އުމަރު އެއީ ވަރަށް ތެދުވެރި މީހެއް.

ޝުކޫރުއިސް

އުމަރުގެ ލަވަތަކަކީ ވަރަށް ރީތި ލަވަތަކެއް. އުމަރުގެ އަޑުގެ ހިތްގައިމުކަން ... މާޝާﷲ

އަލިބެ ތާޅަ

އުމަރަކީ މާލެއަށް އުފަން ލަވަ ކިޔުން ތެރޭގައި ހިމެނޭ އެންމެ ޑިސިޕްލިން ރަނގަޅު ލަވަކިޔުންތެރިއާއޭ ދުނިޔޭގައި އުޅޭ އިރު އެމީހެއްގެ ކެރިއަރ ގައި އެހެން މީހުންނަށް ފުރުސަތު ދީފައި ފަހަތަށް ޖެހެން ޖެހޭނީ ސަރުކާރުގެ ވަޒީފާ ތަކޭ އަމިއްލަ އަށް ކުރާ މަސައްކަތް ތަކަކީ އެއީ އެއްގޮތަކަށް ވެސް އެހެން މީހުންނަށް ޖާގަ ދޭން ޖެހެއޭ ކިޔާ ދޫކޮށްލަން ޖެހޭނެ ކަމެއް ނޫނޭ ޖެހޭނީ ވާދަ ކުރަންއޭ ވާދަ ކޮށްގެން މޮޅުވާން ޖެހޭނީ އެއީ ޕްރައިވެޓް ސެކްޓަރ މަސައްކަތް ކުރާނެ ގޮތަކީ އެގޮތުން ބަލާއިރު މިހާރުވެސް އުމަރު މެން އަމިއްލަ އަށް ހިޕް ހޮޕް ލަވަ ވެސް ކިޔަން ފަށައިފިނަމަ އެހިނގާނެއޭ އެއީ ޔަގީން ކަމެކޭ

ދިސްވޭ

އުމަރުގެ ލަވަތައް ވަރަށް ރަނގަޅޭ ދެން ޔާރާ ދިލްދާރާ ލަވަ ކިޔުން ހުއްޓާލާ އަމިއްލަ ރާގަށް ދިވެހި ލަވަ ހަދައިގެން އަމިއްލަ އަށް މިއުޒިކް ކޮމްޕޯސް ކޮށްގެން އުމަރު ލަވަ ކިޔަން ފަށަންވީ ލަވަ އާއި ނެށުމާއި އެކު ލަވަ ތައް ގެނެސް ދިނުމުން އެއިރުން ޒަމާނަށް ފެތޭނެއޭ ރާއްޖޭގެ ލަވަ ކިޔުން ތެރިން ޒަމާނަށް ނުފެތޭތީވެ ލަވަ ކިޔުން ތެރިން ނަކީ ބޮޑެތި މުއްސަނދިންނަށް ނުވަނީ އެއީ ލަވަކިޔުން ތެރިން އަބަދުވެސް ސިސްޓަމް ބްލޭމް ކޮށް ބްލޭމް ގޭމް ކުޅޭތީވެ ބަދަލުގައި އަމިއްލަ އަށް އިސް ނަގައިގެން ލަވަތައް ކިޔާ ލަވަ ކިޔަމުން ނަށަމުން ދާންވީއޭ މައިކަލް ޖެކްސަން ލަވަ ކީ ގޮތަށް...

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345