އެކި ރާގު

ޝިފާގެ ފަނޑުވުމެއް ނެތް އަޑު

0%
0%
0%

މުޅީން ރަނގަޅަށް ވާހަކަ ދައްކަން ނޭންގެނީސް ޝިފާ ތައުފީގު ވަނީ އޭނާގެ އަޑުން ލަވައެއް ރެކޯޑް ކޮށްފައެވެ. އެއީ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޝިފާގެ ދައްތަ ޒަހިއްޔާ ތައުފީގުގެ ލަވައެކެވެ. އެހާ ޅަ އުމުރުގައި ވެސް ލަވަ ކިޔުމުގެ ހުނަރު ޝިފާގެ ކިބައިން އޭނާގެ އާއިލާއަށް ފެނުނެވެ. ސްކޫލް ދައުރުގައި އީޕީއެސްއެސްގައި ޝިފާއަކީ ފާހަގަ ކޮށްލެވުނު މޮޅު ލަވަކިޔުންތެރިއެކެވެ. ސްކޫލް ނިމުމާއެކު ވޭވްސް ބޭންޑާ ގުޅި ލަވަކިޔަން ފެށި ޝިފާ މިހާތަނަށް 600 ވުރެ ގިނަ ލަވަ ވަނީ ރެކޯޑްކޮށްފަ އެވެ. އޭގެ ތެރެއިން ވަރަށް ގިނަ ލަވަތައް އެއީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ހިޓް ލަވަތަކެކެވެެ. މިއަދުވެސް ޝިފާގެ ވިދުމަށް ފަނޑުކަން އައިސްފައެއް ނުވެއެވެ. އަލަށް މި ދާއިރާއަށް ނުކުންނަ ޒުވާން ފަންނާނުންނާއެކު އެންމެ ގިނައިން ލަވަ ރެކޯޑްކޮށް ސްޓޭޓް ޕާފޯމްކުރާ ލަވަކިޔުންތެރިއަކީ ޝިފާއެވެ. ނަމަވެސް މިހާރު ލަވަ ކިޔުމަކީ ޝިފާގެ ހޮބީއެކެވެ. މިވަގުތު އެންމެ ބޮޑު އިސްކަމެއް އޮތީ އަމިއްލަ ވިޔަފާރި "ޝިފާ" ފިހާރައަށެވެ.

62 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910