ރާފިޔަތު ރަމީޒާ

ރާފިއަތު ކިޔައި ދިނީ ރީތި ވާހަކަތަކެއް!

0%
0%
0%

އިންޓަ ސްކޫލު ލަވަ މުބާރާތުން ލަވައިގެ ދުނިޔެއަށް ނުކުތް ރާފިއަތު ރަމީޒާ (ރާފި) ވަނީ އަމީނިއްޔާ ސުކޫލާއި މާލޭ އިންގްލިސް ސްކޫލް (އެމްއީއެސް) އަށް ރަންވަނަތައް ހޯދައިދީފަ އެވެ. ހުނަރުވެރި ލަވަކިޔުންތެރިން އުފެދުނު އާއިލާއަކަށް ނިސްބަތްވާ ރާފިގެ އެންމެ ފާހަގަ ކޮށްލެވޭ ލަވަތަކުގެ ތެރޭގައި "ލިޔުނު ސިޓީއެއް" އަދި "ހިތޭދޭމީ ފުރޭ ލޯބިން" ހިމެނެ އެވެ. ލަވަކިޔުންތެރިޔާ އިބްރާހިމް އާމިރާއި ރާފި ކައިވެނީގެ ގޮތުން ގުޅުން ވެގެން ދިޔައީ ލަވައިގެ ދާއިރާއިން ކުރިއަށް ދިއުމަށް ރާފިއަށް ލިބުނު އިތުރު ފުރުސަތަކަށެވެ. ރާފި މިހާރު ގެންދަނީ އޭނާގެ އަމިއްލަ އަލްބަމެއް ނެރުމުގެ މަސައްކަތް ކުރަމުންނެވެ. "އެކި ރާގު"ގައި ރާފިއަތުގެ ޝައުގުވެރި އެތައް ވާހަކަތަކެއް ހިމެނިފައިވާނެ އެވެ.

11 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910