އެޑްވަޓޯރިއަލް

ފަތުރުވެރިކަމުގެ ދާއިރާއަށް އެމްއައިޓީން ކޯސްތަކެއް ތައާރަފުކޮށްފި

ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ތަމްރީނު ކުރަން ހާއްސަ ކޯސްތަކެއް މޯލްޑިވްސް އިންސްޓްޓިއިޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އިން ތައާރަފްކޮށްފި އެވެ.

ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭ 10 ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު އެމްއައިޓީ އިން ވަނީ ތައާރަފްކޮށްފަ އެވެ.

މި ޕްރޮގްރާމް ދަށުން ރަށުގައި ހުރެގެން ޓިވެޓް އޮތޯރިޓީގެ ނެޝެނަލް ސެޓްފިކެޓް ތިނަކާ ހަމައަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ.

އެެމްއައިޓީން ހުޅުވާލި ކޯސްތައް

- ނެޝަނަލް ސެޓްފިކެޓް 3 އިން ވޯޓާ ސްޕޯޓްސް
- ނެޝަނަލް ސެޓްފިކެޓް 3 އިން ޕޭސްޓްރީ އެންޑް ބޭކަރީ
- ނެޝަނަލް ސެޓްފިކެޓް 3 އިން ސާފް ގައިޑިން
- ނެޝަނަލް ސެޓްފިކެޓް 3 އިން ސްނޯކަލް ގައިޑިން
- ނެޝަނަލް ސެޓްފިކެޓް 3 އިން ސްޕޯޓްސް ފިޝިން ގައިޑިން
- ނެޝެނަލް ސެޓްފިކެޓް 3 އިން ގެސްޓް ހައުސް އޮޕަރޭޝަން
- ނެޝަނަލް ސެޓްފިކެޓް 3 އިން އެއާޕޯޓް ރެޕްރެޒެންޓޭޓިވް ސާވިސް
- ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމާޝަލް ކުކަރީ
- ނެޝަނަލް ސެޓްފިކެޓް 3 އިން ފުޑް އެންޑް ބެވެރޭޖް
- ނެޝަނަލް ސެޓްފިކެޓް 3 އިން ލައިފް ގާޑިން

އެމްއައިޓީން ބުނީ އެ އިންސްޓްޓިއުޓްގެ ވެބްސައިޓް މެދުވެރިކޮށް ކޯސްތަކުގައި ރަޖިސްޓްރީވެވޭނެ ކަމަށެވެ. އަދި ރަޖިސްޓްރީ ވުމާއެކު ކޯހުގެ ތިޔަރީ ފިލާވަޅުތަކާއި ޕްރެކްޓިކަލް ދަސްކުރަން ބޭނުންވާ ވީޑިއޯއާއި އޮންލައިން ޓެސްޓާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށެވެ.

އެމްއައިޓީގެ ކޯސްތައް ރިސޯޓްތަކުގައި ތިބޭ ފަރާތްތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮންނައިރު ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ދޭ ސަނަދަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގަބޫލުކުރާ ސަނަދެއްވެސް މެެއެވެ.