ދިރާގު

ދިރާގު އިންޓަނެޓުގެ ހިދުމަތަށް ބުރޫ އަރައިފި

Mar 17, 2021
1

ރާއްޖޭގެ އެންމެ ބޮޑު މުއާސަލަތީ ކުންފުނި، ދިރާގުން ދޭ ބްރޯޑް ބޭންޑް އިންޓަނެޓުގެ ހިދުމަތަށް މިއަދު ބުރޫ އަރައި ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިވެއްޖެ އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ ފިކްސްޑް ބްރޯޑް ބޭންޑް އިންޓަނެޓުގެ ހިދުމަތަށް މިއަދު ބުރޫ އަރާފައި ވެއެވެ. އޭގެ ފަހުން މިހާރު ދިރާގުގެ އިންޓަނެޓުގެ ހިދުމަތް ވަނީ ލިބެން ފަށާފަ އެވެ. ދިމާވި މައްސަލައިގެ ތަފުސީލެއް ދިރާގުން ނުދެ އެވެ.

ދިރާގަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް އިންޓަނެޓުގެ ހިދުމަތްދޭ ކުންފުންޏެކެވެ. ދޭތެރެ ދޭތެރެއިން ތަފާތު މައްސަލަތައް ޖެހިގެން އިންޓަނެޓުގެ ހިދުމަތަށް ބުރޫ އަރަ އެވެ.

މިއަދު އިންޓަނެޓް ކެނޑުމުގެ ސަބަބުން އާންމުންނަށް ދަތިތައް ދިމާވެފައިވާތީ ދިރާގުން ވަނީ މާފަށް އެދިފަ އެވެ.