ދިރާގު ޓީވީ

އާ ޗެނަލްތަކާއެކު ދިރާގު ޓީވީއަށް ގޯލްޑް ޕެކް

ދިރާގު ޓީވީ މެދުވެރިކޮށް މުޅިން އާ ޗެނަލްތައް ބަލައިލެވޭ ގޯލްޑް ޕެކެއް ތައާރަފު ކޮށްފި އެވެ.

ދިރާގު ޓީވީއަށް އަލަށް ލިބިފައިވާ ޗެނަލްތައް ހިމަނައިގެން މިހާރު ވަނީ ގޯލްޑް ޕެކެއް ތައާރަފުކޮށްފައެވެ. މި ޗެނަލްތައް ދިރާގް ޕްލޭ އެޕް މެދުވެރިކޮށް ވެސް ބަލައިލެވޭނެ އެވެ.

އަލަށް ތައާރަފް ކުރި ގޯލްޑް ޕެކް 450ރ. އަށް ލިބޭއިރު ދިރާގު ޓީވީ ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ވެސް މިހާރު ކުރިޔަށް ދެއެވެ. އެ ޕްރޮމޯޝަނުގެ ދަށުން ދިރާގު ފިކްސް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީ ހިލޭ ގުޅައިދީ ޑީކޯޑަރު ވެސް ހިލޭ ދެއެވެ.

ދިރާގުން ބުނީ އަންނަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ދިރާގު ޓީވީ އަށް ސަބްސްކްރައިބް ކޮށްގެން ހުރިހާ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރި ވެވޭނެ ކަމަށެވެ. މި މުއްދަތުގައި ދިރާގު ޓީވީ ކަނެކްޝަނަކަށް އެޕްލައިކުރާ 20 ނަސީބުވެރިންނަށް ހަ މަސް ދުވަހަށް ދިރާގު ޓީވީ ހިލޭ ލިބޭނެ އެވެ.

ދިރާގު ޓީވީ އިން 100 އަށްވުރެ ގިނަ ޗެނެލް ބަލައިލެވޭނެ އެވެ. ރާއްޖޭގެ 77 ޕަސެންޓް ގޭބިސީއަށް ދިރާގު ޓީވީގެ ހިދުމަތް ފޯރު ކޮށްދެމުން އަންނަ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.