މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ރާއްޖޭގައި ފްރައިޓް ފޯވަޑިންގެ ހިދުމަތްދޭ 89 ކުންފުނި

Apr 7, 2021

ރާއްޖޭގައި ފްރައިޓް ފޯވަޑިންގެ ހިދުމަތް 89 ކުންފުންޏަކުން ދޭ މަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ވިޔަފާރި ހަރަކާތް ރަޖިސްޓްރީކުރުމުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ފްލައިޓް ފޯވަޑިންގެ ހިދުމަތްދޭ ކުންފުނިތަކުގެ ލިސްޓު އާއްމުކޮށްފަ އެވެ.

ޕްރައިޓް ފޯވަޑިން ހިދުމަތް ދޭ ކުންފުނިތަކުގެ ލިސްޓު ގައިވާ ގޮތުން މި ހިދުމަތްދޭ ރާއްޖޭގައި 89 ކުންފުނި ދަނީ ހަރަކާތްތެރި ވަމުންނެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ފްރެއިޓް ފޯވަޑިންގް ގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގަވާއިދުގައިވާ ގޮތުން، ރަޖިސްޓްރީ ނުކޮށް ހިދުމަތް ދީފިނަމަ 1,000ރ. އާއި 10,000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.