އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވާ ގޮތުގައި ޗައިނާއަކީ ސްޓްރެޓެޖިކް ވާދަވެރިއެކެވެ. ޗައިނާއާއެކު އަރައިރުމާއި ދެބަސްވުމަށް ވުރެ މަސްލަހަތު ރަނގަޅު ވާދަވެރިކަމެއް ބޭއްވުން އެމެރިކާއަށް މުހިންމެވެ. އަދި ވިދާޅުވާ ގޮތުގައި ޗައިނާއާއެކު އަރާރުންވެ، ވާ ދެބަސްވުމަކުން ކުރާނެ ފައިދާއެއް ނެތެވެ.
ބައިޑަން ކޮންގްރެސްއާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމެރިކާއިން ވާދަވެރި ކަމަށް މަރުހަބާ ކިޔާކަން ޝީ ޖިންޕިންއަށް ދަންނަވާފައި ވާނެ ކަމަށާއި ހަމަނުޖެހުމަށް މަގު ތަނަވަސް ކުރުމަކީ އެމެރިކާ އެދޭ ގޮތެއް ނޫންކަން ވެސް ރައީސް ޝީއަށް ދަންނަވާފައި ވާނެ ކަމަށެވެ.
ބައިޑަން، ސަރުކާރާ ހަވާލުވެ ވަޑައިގެން ތަޖުރިބާ ކުރެއްވި 100 އަށް ފަހު ކޮންގްރެސްއަށް ވިދާޅުވީ އޭނާ ގައުމާ ހަވާލުވެ ވަޑައިގެންނެވިއިރު އިގުތިސޯދު އޮތީ ފޮއި އޮތީ ރިހޭފައި މައްޗަށް ވެއްޓޭ ހިސާބުގައި ކަމަށެވެ.
ބައިޑަން ވިދާޅުވީ އެމެރިކާ އޮތް ހާލަތުން އެހެން ވާދަވެރިންނާ ވާދަކުރަން ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށާއި ޗައިނާއާ ރަޝިއާ އެމެރިކާއާ އަރާ ހަމަކުރުމުގެ ކުރިން ދެމިގަނެވޭނެ ގޮތްތަކެއް ހޯދަންޖެހޭ ކަމަށެވެ.
"ޗައިނާއާ އެހެން ގައުމުތަކުން ވެސް އަންނަނީ އެމެރިކާއާ ދިމާއަށް،" ބައިޑަން ވިދާޅުވި އެވެ. އަދި ވިދާޅުވީ ގައުމުތައް އަރާ ހަމަ ކުރުމުގެ ކުރިން ސިނާއަތްތައް ބަދަލު ކުރަންޖެހޭ ކަމަށާއި ކުރިއަރައި ދިއުމަށް ވަގުތަށް ވުރެ ދުވެލި ބާރު ކުރަން ޖެހިފައިވާ ކަމަށެވެ.
ބައިޑަން ވިދާޅުވީ ޝީ ޖިންޕިންއާ ވަރަށް ގިނައިން މަޝްވަރާ ކުރެވިއްޖެ ކަމަށާއި ރައީސް ޝީގެ ވިސްނުންފުޅަކީ ހިފެހެއްޓުމެއް ނެތި އިގުތިސޯދު ކުރިއެރުވުން ކަމަށެވެ.
ރަޝިއާއާ ބެހޭ ގޮތުން ވިދާޅުވީ ރައީސް ޕޫޓިންއާ ވެސް މަޝްވަރާކުރެއްވި ކަމަށާއި އެކުގައި ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާ ބެހޭ ގޮތުން ދަންނަވާފައި ވާނެ ކަމަށެވެ. އަދި ވިދާޅުވީ ރަޝިއާއަކީ ވެސް އެމެރިކާގެ ބައިވެރިއެއް ކަމަށާއި ގުޅުން ގޯސް ކުރުމުގެ ނިޔަތެއް ނެތް ކަމަށެވެ. ބައިޑަން ވިދާޅުވީ ރަޝިއާއިން ވެސް ކަމެއް ގޯސްކޮށް ކޮށްފި ނަމަ ފިޔަވަޅު އެޅޭނެކަން ޕުޓިންއަށް ދަންނަވާފައި ވާނެ ކަމަށެވެ.