ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި މިއަދުގެ ހަތަރުވަނަ މަރު، ނަންބަރު 116 އަށް

ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުުރު މީހަކު މަރުވެއްޖެ އެވެ. މިއީ މިއަދުގެ ކޮވިޑްގެ ހަތަރުވަނަ މަރެވެ.

މީގެ އިރުކޮޅެއްގެ ކުރީން މަރުވެފައިވަނީ ދިވެހި އަންހެނެކެވެ. އެއީ އުމުރުން ދުވަސްވީ މީހެކެވެ. އެމީހާގެ މަރުގެ މައުލޫމާތު އެޗްޕީއޭއިން އަދި ހާމައެއް ނުކުރެއެވެ.

މީގެ އިތުރުން މިރޭ 9 ޖެހިއިރުވެސް މީހަކު ވަނީ މަރުވެފައެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ. އުމުރުން 72 އަހަރުގެ އެ މީހާއާއަކީ ދިވެހި ފިރިހެނެކެވެ.

ރޭ މެންދަމު 2:00 ގައި މަރުވެފައި ވަނީ ލ. ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 36 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އޭނާ އަކީ ނޭޕާލަށް ނިސްބަތްވާ މީހެކެވެ.

މިރޭ 6:52 ގައި މަރުވެފައިވަނީ އުމުރުން 62 އަހަރުގެ މީހެއް ކަމަށެވެ. އެއީ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލްގެ އީއާރުގައި ފަރުވާ ދެމުން ދަނިކޮށެވެ. އެމީހާ މަރުވިއިރު އެއީ ކޮވިޑް ބަލި މީހެއްކަން އެނގިފައެއް ނުވެއެވެ. މަރުވި ފަހުން ލިބުނު ނަތީޖާ އިން ކޮވިޑް ޖެހިފައިވާކަން އެނގިފައިވާތީ އެއީ ކޮވިޑް މަރެއްގެ ގޮތުގަައި ކަނޑައެޅީއެވެ.

އިއްޔެއަކީ ރެކޯޑް އަދަދަކަށް މީހުން މަރުވި ދުވަހެކެވެ. ކޮވިޑް ބަލީގައި އިއްޔެ ހަތް މީހަކު މަރުވިއެވެ. އޭގެ ތެރެއިން ދެ މީހުންނަކީ ލ. ކޮވިޑް ފެލިސިޓީގައި ފަރުވާ ހޯދަމުން އައި ދެ މީހެކެވެ. ދެން މަރުވީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ ފަސް މީހެކެވެ.