ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ފެސިލިޓީއަށް ގެންދަނިކޮށް ފިލި މީހުން އަދިވެސް ނުފެނޭ

ކޮވިޑް ފެސިލިޓީއަށް ގެންދަނިކޮށް ފިލި ދެ މީހުން އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރުވެސް ކޮވިޑަށް ޕޮޒިޓިވް އެވެ. އެ މީހުން ފިލީ ބަންދުން ދޫކޮށްލުމަށް ފަހު މިދިޔަ ހުކުރު ދުވަހުގެ ރޭ އެޗްޕީއޭގެ ބެލުމުގެ ދަށުން ކޮވިޑް ފެސިލިޓީއަށް ގެންދަނިކޮށެވެެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދިވެސް އެ ދެ މީހުންގެ ހަބަރެއް ނުވާ ކަމަށާއި އަދި އެ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

ފިލި ދެ މީހުންނަކީ ހޯދަން ފޮޓޯ އާންމު ނުކުރަނީ އެ ދެ މީހުންނަކީވެސް ބަންދުގައި ތިބި ބަޔަކަށް ނުވާތީ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކޮވިޑްގެ ހާލަތު މިއިން ދުވަހަކު ގޯސް ނުވާ ވަރަށް ރާއްޖޭގައި ގޯސްވެ ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މިންވަރު މިހާރު އުޅެނީ ހާހުން މަތީގަ އެވެ. އަދި މަރުވާ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ. މިހާތަނަށް ކޮވިޑް ޖެހިފައިވާ 54،365 މީހުން ރާއްޖެއިން ފެނިފައިވާއިރު ބަލީގައި 125 މީހުން ވަނީ މަރުވެފަ އެވެ.