ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އެމްއެންޔޫ ގަން ކެމްޕަހުން ކޮވިޑަށް ހޭލުންތެރި ކުރުވަން މަސައްކަތްތަކެއް

May 24, 2021

‎އެމްއެންޔޫ ގަން ކެމްޕަހާއި މޯލްޑިވްސް ރެޑްކްރެސެންޓް ގުޅިގެން ގަމުގައި ކޮވިޑް19 އަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

‎ލ. ގަމަކީ ކޮވިޑްގެ ހާލަތު އެންމެ ގޯސް އެއް ރަށެވެ.

އެމްއެންޔޫގެ ގަން ކެންޕަަހުގެ މެނޭޖަރު ހައްވާ ވަޖުދާ ވިދާޅުވީ ރަށުތެރޭގަައި ހޭލުންތެރި ކުރުވުމުގެ މެސެޖްތައް އިއްވުން ފަދަ ކަންކަން ކުރަމުން ގެންދާ ކަމަށެވެ. އެ ގޮތުން ކާފިއު ވަގުތު ގަމުގެ އެކި ސަރަހައްދުތަކުގައި ހޭލުންތެރި ކުރުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

“‎އާންމުންނަށް މިކަމާ ގުޅޭ މައުލޫމާތު ދީ ހޭލުންތެރިކަން އިތުރުކުރުވުމަކީ މި ހަސްހާސް ދަނޑިވަޅުގައި ބަލި ކޮންޓްރޯލް ކުރުމަށް ވަރަށް މުހިންމު ކަމެއް،“ ވަޖުދާ ވިދާޅުވިއެވެ.

ހޭލުންތެރި ކުރުވުމަށްޓަކައި އެ ނޫން ބައެއް ކަންކަން ކުރުމަށްވެސް ވަނީ ނިންމާފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދިވެހިން ތަޖުރިބާކުރަމުން މިދަނީ ވަރަށް ނުރައްކާތެރި ދުވަސްތަކެކެވެ. މެއި މަހުން ހުސްވި 23 ދުވަހަކީ ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން ހޭދަކުރި 14 މަސް ދުވަހުގެ ތެރޭގައި ހާލަތު އެންމެ ގޯސްވީ ދުވަސްތަކެވެ. ބަލި ޖެހޭ މީހުންގެ އަދަދު ހުރީ އިންތިހާ މަތީގައެވެ. ބަލީގައި މަރުވާ މީހުން ރެކޯޑް އަދަދަކަށް އިތުރެވެ. މެއި މަހުގެ ތެރޭގައި 56 މީހަކު ވަނީ މަރުވެފަ އެވެ. މި މުއްދަތުގައި 25،530 މީހަކަށް ބަލިޖެހިފައިވެ އެވެ. މިއީ ދުވާލަކު 1،000 އަށް ވުރެ މަތީ އަދަދެކެވެ.