ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ފެނިގެން ލ. ގަމާއި ފޮނަދޫ ބަންދުކޮށްފި

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭހެއް ފެނިގެން ލ އަތޮޅު ގަމާއި ފޮނަދޫ ބަންދުކޮށްފި އެވެ.

ގިނަ ރަށްތަކެއްްގެ މީހުން މީހުން ސިއްހީ ހިދުމަތް ހޯދުމަށް ބަރޯސާވާ ގަމާއި ފޮނަދޫ ބަންދުކުރީ މާލެއިން ފޮނަދޫއަށް ދިޔަ މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

އެޗްޕީއޭއިން ދެންްމެ ބުނީ އެ ދެރަށް މޮނިޓަރިންއަށް ގެނެސްފައިވަނީ ޕޮޒިޓިވް ކޭސްއާ ގުޅުންހުރި ކޮންޓެކްޓުން ދެނެގަނެވެންދެން ކަަމަށެވެ.

މި ދެ ރަށާއެކު މިވަގުތު މޮނިޓަރިންގައި އޮތީ 16 ރަށެކެވެ. އެއީ ފުވައްމުލަކު ސިޓީ އާއި ރ. ދުވާފަރާއި ގއ. ކޫއްޑޫ އާއި ށ. ފޯކައިދޫ އާއި ގދ. ނަޑެއްލާ އާއި ކ. ކާށިދޫ އާއި ހދ. ކުޅުދުއްފުށި ސިޓީ އާއި ހއ. ދިއްދޫ އާއި މ. ކޮޅުފުއްޓާއި ށ. ފީވަކާއި ހއ. ތަކަންދޫ އާއި ދ. ކުޑަހުވަދޫ އާއި ގއ. ވިލިގިއްޔާއި ރ. އުނގޫފާރެވެ.