ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލ. ގަން

ގަން ފޮނަދޫ ބަންދު ކޮށްފި

ލ. ގަން: އެ ރަށުން ތިން މީހަކު ޕޮޒިޓިވްވެ ރަށް ވަނީ ބަންދު ކޮށްފައި
0%
0%
0%

ކޮވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން ލ. ގަމާއި ފޮނަދޫ ބަންދު ކޮށް އެ ދެ ރަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންނަށް ގެންގޮސްފި އެވެ.

ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވަނީ ގަމުންނެވެ. ގަމުން ތިން މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ ކަރަންޓީންގައި ވެސް ތިބި ބައެއް ނޫނެވެ. އެހެން ކަމުން ރާއްޖޭގެ އެންމެ ބޮޑު ރަށުގައި ޕޮޒިޓިވް ކޭސްތަކުގެ އަދަދު މަތިވެދާނެ ކަމުގެ ބިރު އެބައޮތެވެ.

އެޗްޕީއޭއިން ބުނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ގަމާއި ފޮނަދޫއަށް އެރުން މަނާކޮށްފައިވާ ކަމަށެވެ. މި ދެ ރަށުގެ އިތުރުން އެ ދެރަށާއި އެއްފަހަށް އޮންނަ ސިނާއީ ރަށް، މާންދޫ ވެސް އޮތީ މޮނިޓަރިންްގަ އެވެ. އެރަށުން މިހާތަނަށް 10 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެއްފަހަށް އޮތް އެ ރަށްތަކުގެ ތެރެއިން މިހާރު ކޮވިޑް ކޭހެއް ނެތީ އިސްކަންދަރު ވައިގެ ބަނދަރު ހިންގާ ކައްދޫގަ އެވެ.

ގަމާއި ފޮނަދޫއަށް އަރާ ފޭބުން މަނާ ކޮށްފައިވާއިރު ގަމުގައި ހުންނަ ލ. އަތޮޅު ހޮސްޕިޓަލަކީ ކައިރި އަތޮޅުތަކުގެ އެތައް ބަޔަކު ކޮންމެ ދުވަހަކުހެން ހިދުމަތް ހޯދަން ދާން ޖެހޭ ހޮސްޕިޓަލެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345