ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފޮނަދޫ

ފޮނަދޫ އާއި ގަމަށް އަރާ ފޭބުން މަނާކޮށްފި

ލ. ފޮނަދޫ: އެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައި -- ފޮޓޯ: އަލީ އިވާޝް
0%
0%
0%

ހައްދުންމަތީ ފޮނަދޫ އާއި ގަމަށް އަރާ ފޭބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފި އެވެ.

އެ ދެ ރަށައް އަރާ ފޭބުން މަނާކުރީ ކޮވިޑް-19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެންނެވެ. ފޮނަދޫއިން ހަތަރު މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވެފައިވަނީ ގއ. ދެއްވަދޫއިން އެ ފޮނަދޫއަށް ދިޔަ ބައެކެވެ. އެމީހުން އެރަށައް ގޮސްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

ދެއްވަދޫގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 10 މީހަކު އެބަތިއްބެވެ. އެ ރަށުން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ހޯމްކަރަންޓީންގައި ހުރި މީހެއް ކަމަށެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. ނަމަވެސް ރަށައް ބަލި ފެތުރެން ދިމާވީ އެމީހާ ހޯމް ކަރަންޓީންގެ މުއްދަތަށްފަހު ސާމްޕަލް ނަގާ ނަތީޖާ ލިބުމުގެ ކުރިން ގޯސް މައުލޫމާތެއް ފޯރުކޮށްދެވި ކަރަންޓީނުން ވީއްލުމުގެ ސަބަބުން ކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވިއެވެ.

އޭގެ ފަހުން ހަތަރު މަހުގެ ކުޑަކުއްޖަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި އެކުއްޖާއާ ޑައިރެކްޓްކޮންޓެކްވި އިތުރު މީހަކު މި މަހުގެ ހަވަނަ ދުވަހު ޕޮޒިޓިވްވިއެވެ. އެ ފަހުން އިތުރު ހަ މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެރަށްވެސް އޮތީ އެޗްޕީއޭގެ މޮނިޓަރިންގައެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345