ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖެހިގެން ލ. އަތޮޅުން ދެ މީހަކު މަރުވެއްޖެ

May 19, 2021

ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ކޮވިޑް 19 އަށް ފަރުވާ ހޯދަމުން ދިޔަ ދެ މީހުން މަރުވެއްޖެ އެވެ.

ހޮސްޕިޓަލްގައި ގާއިމު ކޮށްފައިވާ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު މަރުވީ ގަމު، މަތިމަރަދޫ އަވަށަށް ނިސްބަތްވާ އުމުރުން 88 އަހަރުގެ ފިރިހެނަކާއި ލ. މާވަށަށް ނިސްބަތްވާ އުމުރުން 69 އަހަރުގެ އަންހެނެކެވެ.

މިއީ ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވި 106 އަދި 107 ވަނަ މީހާ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހިނގާ މެއި މަހަކީ ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް އެންމެ ގިނަ މީހުން މަރުވި މަހެވެ. އެގޮތުން މިމަހު 29 މީހަކު މަރުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ރާއްޖެއިން އިއްޔެގެ ނިޔަލަށް 1،465 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 47،421 އަށް އަރާފަ އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން ދަނީ 18،221 މީހުންނެވެ. މިހާތަނަށް 29،086 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.

ހޮސްޕިޓަލްގައި އެޑްމިޓްކޮށް 268 މީހަކަށް ފަރުވާ ދެމުންދާއިރު އޭގެ ތެރެއިން 15 މީހަކު އޮތީ އައިސީޔޫގަ އެވެ. 10 މީހަކު ވަނީ ވެންޓިލޭޓަރުގަ އެވެ.