ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި 21 އަހަރުގެ ޒުވާނަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އުމުރުން 21 އަހަރުގެ ޒުވާނަކު މަރުވެއްޖެ އެވެ.

ކޮވިޑް ކަންކަން މެނޭޖްކުރުމުގެ މެންޑޭޓް އޮތް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ދެންމެ ބުނީ މިއަދު ހަވީރު 3:40 ގައި އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އެއީ ހުޅުމާލޭގައި ހުންނަ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އައި ޒުވާނެކެވެ. އެއީ މާލެއަށް ނިސްބަތްވާ މުހައްމަދު އަނާލް ނަމަކަށް ކިޔާ ޒުވާނެކެވެ.

މިއީ މި ބަލީގައި ރާއްޖެއިން މަރުވި 283 ވަނަ މީހާ އެވެ. އަދި މި އަހަރުގެ 19 ވަނަ ކޮވިޑް މަރެވެ. މިއަދުގެ ދެވަނަ މަރެވެ.

މިއަދު 1:40 ގައި މަރުވެފައިވަނީ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެކެވެ. އެއީވެސް މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ.

ކޮވިޑްގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު ބަލި ފެތުރޭ މިންވަރު ދަށްނުވެ ހުންނަތާ އެތައް ދުވަހެއް ވަނީ ވެފައެވެ. މިދިޔަ ދުވަސްތަކުގައި ދުވާލަކު ބަލި ޖެހޭ މީހުންގެ އަދަދު ހުރީ ތިންހާހާ ގާތް ކުރާ މިންވަރެއްގައެވެ. އިއްޔެގެ ނިޔަލަށް ރާއްޖެއިން 148،580 މީހަކަށް ވަނީ ބަލިޖެހިފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 17،637 އަށް އަރާފައެވެ.