އެމްއެންޑީއެފް

ސިފައިންގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ މިއަދު އޮންނާނެ

Nov 11, 2015

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު އެމްއެންޑީއެފް އިން މިއުޒިކަލް ޑްރިލް ޑިސްޕްލޭއެއް ބާއްވަން ނިންމައިފި އެވެ.

މި މިއުޒިކަލް ޑްރިލް ޑިސްޕްލޭ މިއަދު ހަވީރު 4:30 ގައި ފަށާނީ ޝަހީދުންގެ ބިނާ ކުރިމަތީ އާންމުކޮށް ހުޅުވާލައިގެނެވެ.

މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހުށަހެޅުންތައް ދައްކާލުމަށް ހަވީރު 4:30 ގައި ފަށާއިގެން 5:15 އަށް ކުރިޔަށް ގެންގޮސް ދެން ފަށާނީ މިރޭ 8:30 ގައެވެ.