އެމްއެންޑީއެފް

ޑްރޯންގެ އެހީގައި އަތުލައިގަތީ ލަންކާގެ އުޅަނދެއް

ޑްރޯންގެ އެހީގައި އަތުލައިގަތީ ސްރީލަންކާގެ އުޅަނދެއް ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި، ގާނޫނާ ހިލާފަށް ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް އެއާ ކޯ ޑްރޯންގެ އެހީގައި ލޮކޭޓް ކުރުމަށްފަހު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނައިކަން ހާމަކުރީ މިމަހުގެ 26 ވަނަ ދުވަހު އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ އެއީ ލަންކާއަށް ނިސްބަތްވާ އުޅަނދެއް ކަމަށާއި އުޅަނދުގައި ތިބީ ތިން މީހުން ކަމަށެވެ.

އެ އުޅަނދު މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.