ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސިޓީ

މާލޭން މަހަށް ފުރަން ކައުންސިލުގެ ހުއްދައެއް

May 26, 2021

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާއެކު މާލެ އިން މަހަށް ފުރާ ފަރާތްތަކަށް ހުއްދަ ދިނުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.

ކައުންސިލުން ބުނީ ކޮވިޑް-19 އާއި ގުޅިގެން މިއަދުން ފެށިގެން އެޗްޕީއޭއިން ނެރެފައިވާ ހާއްސަ ހާލަތާއި ގުޅިގެން ސިޓީގެ މަސްވެރި އުޅަނދުފަހަރުގައި މަހަށް ފުރާ ފަރާރްތަކުން ހުއްދައަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން މި ހުއްދަ ދޫކުރާނީ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ސިޓީ ކައުންސިލްގެ ވެބުސައިޓްގައި އެކަމަށް ހާއްސަ ކޮށްފައިވާ ޕޯޓަލް އެއް މެދުވެރިކޮށެވެ.

ކޮވިޑް-19 އިގެ ސަބަބުން އިގްތިސޯދު ބަންދު ކުރިއިރު ވެސް އިކޮނޮމީ ހިންގާފައި ވަނީ މަސްވެރިންނެވެ. ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓޫރިޒަމް އެއްކޮށް ހުއްޓުނު ނަމަވެސް ރާއްޖެއަށް ބޭރު ފައިސާ ވައްދަމުން ގޮސްފައި ވަނީ އެ ސިނާއަތުގެ މަސްވެރިންނެވެ.