ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ޑެލިވަރީ ފާސް ލިމިޓް ކޮށްފި

މާލޭގެ ކާފިއު ވަގުތުގައި ޑެލިވަރީ ފާސް ދޫކުރުން އިކޮނޮމިކް މިނިސްޓްރީން ލިމިޓް ކޮށްފި އެވެ.

އެ މިނިސްޓްރީގެ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މުދާ ޑެލިވަރީ ކުރަން އެދޭ ވިޔަފާރިތަކަށް ދޫކުރާނީ ޑެލިވަރީ ކުރުމުގެ ދެ ފާހާއި ސަޕޯޓް ސްޓާފުންނަށް ދެ ފާހެވެ. ކެފޭ ރެސްޓޯރެންޓްތަކަށް ދޫކުރާނީ ޑެލިވަރީއަށް ދެ ފާހާއި ސަޕޯޓް ސްޓާފުންނަށް ހަތަރު ފާހެވެ.

ރަށްރަށާއި ރިސޯޓްތަކަށް މުދާ ފޯރުކޮށްދޭ ވިޔަފާރިތަކަށް ދޫކުރަނީ ދެ ފާހެވެ. ވިޔަފާރިތަކަށް ދޫކުރާނީ އެއް ފާހެވެ. ވިޔަފާރިތަކަށް ޑެލިވަރީ ފާސް ދޫކުރާނީ މިނިސްޓްރީން ނެވެ. ކެފޭ ރެސްޓޯރެންޓާއި ވިޔަފާއިތަކާއި ރަށްރަށާއި ރިސޯޓްތަަކަށް ފާސް ދޫކުރާނީ ފުލުހުންނެވެ.

މިނިސްޓްރީން ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ފާސް ބޭނުންވާނަމަ މުވައްޒަފުންގެ ތަފްސީލު އެ މިނިސްޓްރީއަށް ފޮޮނުވަން ޖެހެ އެވެ. އިތުރަށް ފާސް ދޫކުރާނީ މަސައްކަތުގެ ބާވަތަށް ބަލާފަ އެވެ.

ކޮވިޑް-19 އިގެ ހާލަތު ގޯސްވެފައި ވާތީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ހަވީރު 4:00 އިން ފަތިހު 4:00 އާއި ދެމެދު ބޭރަށް ނުކުމެ އުޅުން މިހާރު ވަނީ މަނާކޮށްފަ އެވެ. ނަމަވެސް އެ ވަގުތު ތަކުގައި ހާއްސަ ހުއްދަ އަކާއިއެކު ފިހާރަތަކަށާއި ކެފޭ ރެސްޓޯރެންޓްތަކަށް ރޭގަނޑު 12:00 ޖެހުމާއި ހަމައަށް ޑެލިވަރީ ކުރެވޭނެ އެވެ.