ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސިޓީ

މާލޭގައި ނުފުރި ތާށިވެފައި ތިބި މީހުނަށް އެހީ ވަނީ

Apr 21, 2020
1

މާލޭގައި ކޮވިޑް-19 އިގެ ބަލި ފެތުރޭތީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން އެކި ބޭނުންތަކަށް މާލެ އައިސް ނުފުރި ތިބި މީހުނަށް ޖެންޑާ މިނިސްޓްރީން އެހީވާން ފަށައިފި އެވެ.

އެ މިނިސްޓްރީން ބުނީ މާލެ ލޮކްޑައުން ކުރި އިރު =އެކި ބޭނުންތަކަށް މާލެ އައިސް ނުފުރި ހާލުގައި ޖެހިފައި ތިބި ފަރާތްތަކުގެ ތެރެއިން ޖެންޑާއަށް ރިޕޯޓް ކޮށްފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހި ކަމާއި ކެއިން ބުއިމުގެ އިންތިޒާމުތައް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެ ގޮތުން މާލެ ސިޓީ ކައުންސިލަށް ހުށަހަޅާފައިވާ އެފަދަ 400 އަށްވުރެ ގިނަ ފަރާތްތަކަށް ވަގުތީ ހިޔާވަހިކަމާއި ކެއިން ބުއިމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކައުންސިލާއެކު ޖެންޑާއިން ވިލަރެސް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކުގެ މައުލޫމާތުތައް ޖެންޑާއާ ހިއްސާ ކުރަން ވެސް ވަނީ އެދިފަ އެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން މަގުމަތިވި 80 މީހަކު މިހާތަނަށް ޖެންޑާ މިނިސްޓްރީން އިމާދުއްދީން ސްކޫލާއި ގަލޮޅު ރަސްމީ ދަނޑުގައި ގާއިމު ކޮށްފައިވާ ވަގުތީ ހިޔާތަކަށް ގެންގޮސްފައި ވެއެވެ. އެ ތަނުގައި އެ މީހުން ސާފުތާހިރުވުމަށާއި ކެއިން ބުއިމަށް ބޭނުންވާ ތަކެތި ވެސް ފޯރުކޮށްދެމުން ދެ އެވެ.

އޭގެ ތެރެއިން މާލޭގައި ދިރިއުޅޭ ތަނަށް ކުލި ނުދެއްކިގެން އެ ތަނުން ނުކުންނަން ޖެހުނު އެއްބަނޑު އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކަށް ވެސް ޖެންޑާ މިނިސްޓްރީން ވަނީ ވަގުތީ ހިޔާވަހިކަން ހޯދައިދީފަ އެވެ.