ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސިޓީ

މާލޭގެ 68 ފަޅުގެއެއްގައި ކުނި ޖަމާކޮށްފައި އެބަހުރި

ކޮވިޑް-19 އިން ރައްކާތެރިވާން އަޅާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ތެރެ ސާފު ކުރުމަށްޓަކައި ކުރާ މަސައްކަތަށް މާލޭގެ ފަޅުގެތަކުގެ މައުލޫމާތު އެއް ކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިދިޔަ ހަފުތާގައި ކައުންސިލުން ކުރި މަސައްކަތުން މާލޭގެ އެކި ދިމާގައި ފަޅުކޮށް ހުރި ތަންތަނުގެ ތެރެއިން ކުނި ޖަމާވެފައިވާ ތަންތަން ބަލައި ލިސްޓް ކުރެވިފައިވާ ކަމަށެވެ.

އެ ގޮތުން އެފަދަ 68 ތަނެއް މާލޭގެ އެކި ސަރަހައްދުން ފާހަގަ ކުރެވިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އޭގެ ތެރެއިން އިމާރާތް ކުރަން ފަށައި މަސައްކަތް ހުއްޓާލާފައިވާތާ ގިނަ ދުވަސްވީ ތަންތަން ވެސް ހިމެނޭ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އެ ތަންތަނުގެ ވެރި ފަރާތް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެއަށް ފަހު މި ތަންތަނުގައި ޖަމާވެފައި ކުނިތައް ނަގައި ސާފު ކުރުމަށް އެ ފަރާތްތަކަށް އަންގާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތައް ދޮވުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ. އަދި މިހާރު މާލެ ސަރަހައްދުގެ ތިން ރަށުގައި ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މަގުމަތީގައި އުޅުން މަނާކޮށް ކާފިއު ހިންގަ އެވެ.