ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކުލި ނުދެއްކިގެން ނެރުނު ދެ ކުދިން ހިޔާއަށް

Apr 21, 2020
9

ކުލި ނުދެއްކިގެން ގެއިން ނެރުނު ދެ ކުއްޖަކު ޖެންޑާ މިނިސްޓްރީގެ ވަގުތީ ހިޔާއަށް ގެންގޮސްފައިވާ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ކުރެއްވި ޓްވީތެއްގައި ވިދާޅުޖވީ ދިރިއުޅޭ ތަނުގެ ކުލި ނުދެއްކިގެން ތަނުން ނުކުންނަން ޖެހުނު ދެ ކުއްޖަކަށް ޖެންޑާ މިނިސްޓްރީން ވަގުތީ ހިޔާވަހިކަން ހަމަޖައްސާފައިވާ ކަމަށެވެ. އެއީ އެއްބަނޑު ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ.

"މި ދަނޑިވަޅަކީ އިންސާނިއްޔަތުކަން އިސްކުރަންވީ ވަގުތު. އިންސާނިއްޔަތުކަން އިސްކޮށްފިނަމަ އޭގެ ދަރުމަ މާ ބޮޑަށް ފަހުން އަނބުރާ ލިބޭނެ،" ކުލި ދެއްކިގެން ދެ ކުއްޖަކަށް ތަނުން ނުކުންނަން ޖެހުމުން އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި މިނިސްޓަރު ކުރެއްވި ޓްވީޓުގައިވެ އެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 މާލޭން ފެނި މާލެ ސަރަހައްދު ވަނީ މަގުމަތީގައި ވެސް ނޫޅެވޭ ގޮތަށް ލޮކްޑައުންކޮށްފަ އެވެ. އެއާއެކު މަގުމަތިވި މީހުން ވަނީ އިމާދުއްދީން ސްކޫލާއި ގަލޮޅު ރަސްމީ ދަނޑުގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާތަކުގައި ބައިތިއްބާފަ އެވެ. ހިޔާގައި ބެހެއްޓި ބައެއް މީހުން ފަހުން އާއިލާތަކާ ވެސް ހަވާލުކޮށްފައިވެ އެވެ.

މި ގޮތުން މިހާތަނަށް މާލެ ސަރަހައްދުން މަގުމަތިވި 80 މީހުނަށް ވުރެ ގިނަ މީހުން ފުލުހުންނަށް މަގުމަތިން ދިމާވެގެން ޖެންޑާ މިނިސްޓްރީއާ ހަވާލުކޮށްގެން އެ މިނިސްޓްރީގެ ވަގުތީ ހިޔާތަކަށް ވަނީ ގެންގޮސްފަ އެވެ. އެ ތަނުގައި އެ މީހުނަށް ސާފުތާހިރުވުމަށާއި ކެއިން ބުއިމަށް ބޭނުންވާ ތަކެތި ވެސް ފޯރުކޮށްދެމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މާލެ ލޮކްޑައުން ކުރިއިރު އެކި ބޭނުންތަކަށް މާލެ އައިސް ހާލުގައި ޖެހިފައި ތިބި ފަރާތްތަކުގެ ތެރެއިން މިނިސްޓްރީއަށް ރިޕޯޓް ކޮށްފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ވެސް ހަމަޖައްސާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.