ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި އައްޑޫން މީހަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އައްޑޫ ސިޓީގެ ރައްޔިތަކު މަރުވެއްޖެ އެވެ.

ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެފައި ވަނީ އުމުރުން 91 އަހަރުގެ ފިރިހެނެކެވެ. އެ މީހާ މަރުވެފައި ވަނީ މިއަދު 10:20 ހާއިރު އައްޑޫ ކޮވިޑް އެމަޖެންސީ ފެސިލިޓީފައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

އައްޑޫ އިން މިދިޔަ ހޯމަ ދުވަހު ވެސް ވަނީ 83 އަހަރުގެ ފިރިހެނެއް މަރުވެފަ އެވެ. މިޔާއެކު އައްޑޫ އިން ކޮވިޑް ޖެހިގެން ދެ މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 145 އަށް އަރާފަ އެވެ. މިމަހުގެ މަރުވި މީހުންގެ އަދަދަލީ 72 އެވެ.

އައްޑޫ ސިޓީގައި ކޮވިޑްގެ ނުރައްކާ ބޮޑުވެފައި ވާއިރު މިހާތަނަށް 238 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައި ވަނީ ވެރިރަށް ހިތަދޫންނެވެ. އެގޮތުން އެ ރަށުން 106 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.