ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގެ 224 ވަނަ މަރު އައްޑޫން

ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ކަރަންޓީނުގައި ހުރި މީހަކު އައްޑު އަތޮޅުގައި މަރުވެއްޖެ އެވެ.

މިއަދު މަރުވެފައި ވަނީ އުމުރުން 92 އަހަރުގެ ދިވެހި އަންހެކެވެ. އޭނާއަކީ ކޮވިޑް ޖެހިގެން ކަރަންޓީނުގައި ހުރި މީހެކެވެ. އައްޑޫ އިކުއޭޓިރިއަލް ހޮސްޕިޓަލަށް އޭނާ ގެންގޮސްފައި ވަނީ މިއަދު ހެނދުނު 7:20 ގަ އެވެ. ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މިއީ އައްޑޫން ކޮވިޑް ބަލީގައި މިހާތަނަށް މަރުވި ތިންވަނަ މީހާ އެވެ. އަދި ރާއްޖެއިން އެ ބަލީގައި މަރުވި 224 ވަނަ މީހާ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1648 މީހުންނެވެ. މިހާތަނަށް 78076 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 16 މީހަކަށް ފަރުވާ ދެމުން ދެ އެވެ.