ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި އައްޑޫން އަނެއްކާވެސް މީހަކު މަރުވެއްޖެ

ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު އައްޑޫއިން މިއަދު މަރުވެއްޖެ އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލު އަވަސް އަށް ވިދާޅުވީ މަރުވެފައި ވަނީ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މަރުވީ މިއަދު މެންދުރުފަހު 1:10 ހާއިރު ކަމަށެވެ.

މިއީ ކޮވިޑްގައި މިއަދު އައްޑޫއިން މަރުވި ދެވަނަ މީހާ އެވެ. ފުރަތަމަ މީހާ މަރުވެފައިވަނީ ރޭ މެންދަމު އެވެ. އެއީ 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އައްޑޫގެ ދެ މަރާ އެކު މި މަހުގެ ތެރޭގައި ކޮވިޑްގައި ރާއްޖެ އިން މަރުވި މީހުންގެ އަދަދު ވަނީ 11 އަށް އިތުރުވެފަ އެވެ. އަދި ރާއްޖޭގެ ކޮވިޑް މަރުގެ އަދަދު 242 އަށް އިތުރުވީ އެވެ.

ކޮވިޑް ބަލީގައި ރާއްޖެއިން އެންމެ ގިނަ މިހުން މަރުވެފައިވަނީ މިދިޔަ މެއި މަހު އެވެ. އޭގެފަހުން މަރުތައް މަދުވުމަށްފަހު އަނެއްކާވެސް މިހާރު މިވަނީ ކޮވިޑް މަރުތައް ގިނަވާން ފަށާފަ އެވެ.